May 15, 2026
Advertisement
.
. / އަދަދު

ތިން ރައީސުންގެ ބައްދަލުވުން މިރޭ 8 ޖަހާއިރު, ބޮޑެތި ނިންމުންތަކެއް ނިންމާނެކަމަށް ބެލެވޭ!

Yana Shareef
ޔާނާ ޝަރީފް
May 15, 2026, 03:46 PM

ޤައުމީ މަސްލަހަތު އިސްކުރައްވާ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިރޭ 8 ޖަހާއިރު ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

Advertisement

މިކަން ހާމަކުރައްވާފައި ވަނީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ މީޑިއާ ގްރޫޕުގައެވެ.

މި ބައްދަލުވުމުގައި ބޮޑެތި ނިންމުންތަކެއް ނިންމަވާނެކަމަށް ބެލެވެއެވެ. ބައްދަލުވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާނެކަމަށް ވެސް ޕީއެންއެފް އިން މައުލޫމާތު ދެއެވެ.

ތިން ރައީސުން ވެސް ބައްދަލު ކުރައްވަނީ ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރުމަށް އެކުގައި މަސައްކަތް ކުރައްވަން ތައްޔާރުކަން ރައީސް ޔާމީން އިއުލާނު ކުރެއްވުމާއި ގުޅިގެންކަމަށް ބެލެވެއެވެ.

މިއީ ގައުމުގެ ހާލަތު ބަދަލުކުރުމަށްޓަކައި ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް، ތިން ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ގޮވާލައްވާފައިވާކަން ވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved