May 17, 2026
Advertisement
އިނަފް އިޒް އިނަފް، ދުލެއް ނުދޭނަން: ރައީސް ޔާމީން
އިނަފް އިޒް އިނަފް، ދުލެއް ނުދޭނަން: ރައީސް ޔާމީން / ދައުރު

އިނަފް އިޒް އިނަފް، ދުލެއް ނުދޭނަން: ރައީސް ޔާމީން

May 17, 2026, 06:43 PM
މާލެ ސިޓީ

ޚިޔާލުތަފާތުވުންތައް އެއްފަރާތް ކުރައްވައި، ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވާނީ އެއްވެސް ދޫ ދިނުމެއް ނެތި ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހުކުރު ދުވަހުގެރޭ، ތިން ރައީސުން އެއްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ، ގައުމުގައި ގާނޫނުއސާސިއާ ޚިލާފަށް އެތައް ކަމެއް ކުރަމުންދާ ދިއުމަށް ނިމުމެއް ގެންނަން ދެން ތިން ރައީސުން އެކުގައި މަސައްކަތް ކުރާނެ ކަމަށާ، އެކަމުގައި ތަނފުކެއްގެ ދުލެއް ދިނުން ވެސް ނެތް ކަމަށެވެ. އެމަނިކުފާނު ވަނީ ރައީސުންގެ ނިޔަތަކީ ސިޔާސީ މަންފާއެއް ހާސިލް ކުރުން ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެ، ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މުހިއްމު ކަމެއްގެ ގޮތުގައި ފާޙަގަކުރައްވާ، ރައީސް ޔާމީން ވިދާޅުވެފައިވަނީ، ރައްޔިތުންގެ ދިރިއުޅުން އިންތިހާއަށް ތަދުވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރު ހަމަމަގަށް އެޅުވުމަކީ ސިޔާސީ ފަރާތްތަކުގެ އިތުރުން ނޫސްވެރިންގެވެސް ގައުމީ ވާޖިބެއް ކަމަށެވެ. ހަމައެއާއެކު ޝަރުއީ ނިޒާމު މެދުވެރިކޮށް މީޑިއާއަށް ބިރުދެއްކުމާއި، ނޫސްވެރިންގެ އަޑު ކަނޑުވާލަން ކުރާ މަސައްކަތްތަކަކީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ކިތަންމެ ތަފާތު ވީ ނަމަވެސް މިކަމުގައި އަޅުގަޑުމެން ތިން މީހުންނަށް ވެސް އެބަ އެއްބަސްވެވޭ އަޅުގަޑުމެންގެ މައްޗަށް ޒިންމާއެއް އެބަ އޮތޭ. އެހެންކަމުން އިނަފް އިޒް އިނަފޭ ބުނެ ރަތް ރޮނގެއް ދަމާ މި މަސައްކަތަށް ނުކުތީ. މިކަންކަން މި އަންނަނީ ޝަރުއީ ދާއިރާގެ ތެރެއިންވީމަ ގާނޫނަށް ފުރިހަމަ ބޯލަނބާ ބަޔަކށް މީގައި އުނދަގޫކަމެއް ހުންނާނެ. ނަމަވެސް ދޫ ދިނުމެއް ނެތި  މި މަސައކަތް ކުރާނެ

ރައީސް ޔާމީން

އެމަނިކުފާނު ވަނީ، މިނިވަން ނޫސްވެރިކަމަކީ ދައުލަތް ހަމަމަގުން ހިނގާތޯ ބެލުމަށް އޮތް އެންމެ ބޮޑު ރައްކާތެރިކަން ކަމަށާއި، އެ ފުރުސަތު ހަނިކުރުމަކީ ގައުމުގެ ކުރިމަގަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަވެސް ކުރައްވާފައެވެ.

ސަރުކާރާ ދެކޮޅަށް ތިން ރައީސުން އެއް މޭޒެއް ދޮށަށް ވަޑައިގެން ބެއްވެވި ބައްދަލުކުރެއްވުމަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ތިން ރައީސުން ވެސް ވަނީ އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންކަން އިއުލާނު ކުރައްވައިފައެވެ. އަދި އެއީ ވަކި 'ޓައިމްލައިން'އެއް ކަނޑައަޅައިގެން ކުރައްވާނެ މަސައްކަތްޕުޅެއް ނޫން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު އަޑުއައްސަވަންދެން ކުރައްވާނެ މަސައްކަތްޕުޅެއް ކަމަށް ތިން ރައީސުން ވެސް ވިދާޅުވިއެވެ.

ހަމައެއާއެކު އެންމެ ފުރަތަމަ ކަމަކަށް ހައްޔަރުކުރި ނޫސްވެރިން "ވަގުތުން ވަގުތަށް" ޝަރީއަތް ހުއްޓާލަން ތިން ރައީސުން ވެސް ވަނީ ޑިމާންޑުކުރައްވައިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved