
ރައީސް މުޢިއްޒުގެ ސަރުކާރު ފެއިލްވެފައިވާކަން ހާމަވުން: ސިޔާސީ ނާކާމިޔާބީއާއި ނޫސްވެރިކަމަށް އޮތް ހުރަސްތައް
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޚުން ފެންނަމުންދަނީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތައް ބަލިކަށިވެ، ދައުލަތް ހިންގުމުގެ ނިޒާމު ބޮޑުތަނުން ފެއިލްވަމުންދާ މަންޒަރެވެ.
ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ފެއިލްވެފައިވާ ބޭފުޅުންގެ ގޮތުގައި ސިފަކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާ ވާހަކަފުޅުތަކަކީ ޙަޤީޤަތް އޮޅުވާލުމަށް ކުރައްވާ މަސައްކަތެކެވެ. ޙަޤީޤީ މަސްރަޚަށް ބަލާއިރު، ދައުރުގެ މެދުތެރެއިން ނެގުނު ރެފެރެންޑަމްގައި ސަރުކާރަށް ލިބުނު %30 ގެ ކުޑަ ތާއީދަކީ މި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާކަމުގެ ސާފު ހެއްކެކެވެ.
އެހެންކަމުން، ހުރިހާ ގޮތަކުން ބެލިޔަސް ސިޔާސީ ގޮތުންނާއި އިދާރީ ގޮތުން ފެއިލްވެފައިވަނީ މިހާރުގެ ވެރިކަންކަން ކަން ވަރަށް ސާފެވެ.
މި ސަރުކާރުގެ ނާކާމިޔާބީ އެންމެ ބޮޑަށް ފާހަގަވަނީ ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލި، އިންތިޚާބުތަކުން ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހުމުންނެވެ.
ވެރިކަން ކުރާ ޕީއެންސީއަށް މާލޭ ސިޓީގެ މޭޔަރުގެ ގޮނޑި ހިމެނޭހެން ބޮޑެތި ސިޓީތަކުގެ ކައުންސިލް އިންތިޚާބުތަކުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހި، އެ ގޮނޑިތައް އިދިކޮޅު އެމްޑީޕީން ކާމިޔާބު ކުރުމަކީ ސަރުކާރުގެ މަޤުބޫލުކަން ނެތްކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. މީގެ އިތުރުން، ސަރުކާރުގެ އެތެރޭގެ ހިންގުން ބޮޑުތަނުން ބަލިކަށިވެ، ކުރު މުއްދަތެއްގެ ތެރޭގައި ތިން ހަތަރު ފަހަރަށް ކެބިނެޓަށް ބަދަލުތައް ގެންނަން ޖެހުމާއި، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުންގެ މެދުގައި އުފެދިފައިވާ ދެބަސްވުންތަކާއި ސިޔާސީ ކުނިޖެހުންތަކުން ދޭހަވަނީ ސަރުކާރުގެ ތެރޭގައި އެއްވެސް ހަމަޖެހުމެއް ނެތް ކަމެވެ.
ހަމައެއާއެކު، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، މަޢުލޫމާތު ހާމަކުރުމަށް ސަރުކާރުން ފަސްޖެހެމުންދާ ދިއުމަކީ ޑިމޮކްރެސީގެ އަސާސްތަކާ ޚިލާފު ކަމެކެވެ. ނޫސްވެރިންނަށް ކުރިމަތިވަމުންދާ ފިއްތުންތަކާއި އަނިޔާވެރިކަމާ ދެކޮޅަށް، އަދި މީޑިއާގެ މިނިވަންކަމުގެ ދިފާޢުގައި ކުރީގެ ތިން ރައީސުން އެކުގައި ނިކުމެވަޑައިގަތުމުން، ސަރުކާރަށް އެކަން ހަޖަމުނުކުރެވިގެން އުޅޭ މަންޒަރު ދަނީ ފެންނަމުންނެވެ.
ރައީސް މުޢިއްޒު ބޭނުންފުޅުވަނީ އެމަނިކުފާނުގެ ވެރިކަމަކީ ފުރިހަމަ ވެރިކަމެއްގެ ގޮތުގައި ދެއްކެވުމަށް ނަމަވެސް، ޢަމަލީ މައިދާނުން ފެންނަމުންދާ ކަންކަމުން ސަރުކާރުގެ މިސްރާބު ހުރީ ނާކާމިޔާބީއާ ދިމާއަށްކަން މުޅި މުޖުތަމަޢު ގަބޫލުކުރެއެވެ.










