May 25, 2026
Advertisement
ޔުނައިޓެޑް ޑިމޮކްރެޓިކު ފްރޮންޓު އުފެދުނީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަގު ބަންދުވުމުން: ރައީސް ޔާމީން
ޔުނައިޓެޑް ޑިމޮކްރެޓިކު ފްރޮންޓު އުފެދުނީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަގު ބަންދުވުމުން: ރައީސް ޔާމީން / ދައުރު

ޔުނައިޓެޑް ޑިމޮކްރެޓިކު ފްރޮންޓު އުފެދުނީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަގު ބަންދުވުމުން: ރައީސް ޔާމީން

May 24, 2026, 06:24 PM
މާލެ ސިޓީ

ތިން ރައީސުން ގުޅިގެން އެއްބަސްވެގެން އުފެއްދި ޔުނައިޓެޑް ޑިމޮކްރެޓިކު ފްރޮންޓު އުފެދުނީ ކަންކަން ގޯހުން ގޯހަށް ގޮސްފައި އޮތް ރައިސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވާނެ އެހެން މަގެއް ނެތުމުން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ޕީއެންއެފްގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅެއްގައެވެ.

ވަކި ބަޔަކާ ގުޅިގެން ގައުމީ މަސައްކަތެއް ކުރަން އެމަނިކުފާނު ނުކުންނެވުމުން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، ރައީސް ޔާމީން ވިދާޅުވީ، ކުރީ ސަރުކާރުތަކަށް ވުރެ މާބޮޑެތި ގޯސްތައް މި ސަރުކާރުން ހަދަމުން ގެންދާއިރު ޖަވާބުދާރީ ކުރުުވާނެ ނިޒާމެއް ގައުމުގައި ނެތް ކަމަށެޗެ.

އެގޮތުން ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައްވައިގެން ހުންނަވާ ރައީސް މުއިއްޒު ޚުދުމުހުތާރު ވެރިކަމެއް ކުރައްވާއިރު، އެމަނިކުފާނު ގެންދަވަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލާ މީހުން ޖަލަށްލާ އަދި އެފަދަ އިހުތިޖާޖުތަކުގައި ބޭނުންކުރާ އާލާތްތަކަށްވެސް މުއްދަތު ޖަހަމުންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ދިރުމެއް ނެތް އެއްޗެއްގައި ފުލުހުން ލައްވާ މުއްދަތު ޖަހުވާނީ ކަންކަން ނިކަން ގޯހުން ގޯހަށް ދިއުމުން ކަމަށެވެ.

ރައީސް ޔާމީން ވަނީ މިއަދުގެ ސަރުކާރުން ރައްޔިތުންގެ އެންމެ ބޮޑު އެއް ހައްގުކަމުގައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވެސް އަރައިގަނެ ބިރު ދައްކަމުންދާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ތިން ރައީސުން ޚިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް އެއްބަސްވެ އުފެއްދި "ޔުނައިޓެޑް ޑިމޮކްރެޓިކު ފްރޮންޓު" އަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އުފަން ކުރުވި ހަރަކާތެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެކަންކަމަށް އެއްބަސްވެ އެކަންކަން ހައްލު ކުރުމަށް ފަހު އަނެއްކާވެސް ދެބަސްވެވޭނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ، ދިވެހިރާއްޖޭގެ ކަންކަން މިހާރު މިއޮތް ހިސާބަށް ދާން ނުޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved