theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
އޭސީސީގެ ރައީސް އާދަމް ޝާމިލު ރައީސް މުހައްމަދު މުއިއްޒުގެ އަރިހުގައި / ޕީއެސްއެމް
ހަބަރު
އިންތިހާބާ ދިމާކޮށް ރައީސް ފައިސާ ބަހަނީ، އޭސީސީ ހަނު!
Mariyam Isaadha
މަރިޔަމް އިސާދާ
17 ފެބްރުއަރީ 2026
މާލެ ސިޓީ

އިންތިހާބެއް ބޯމަތިވެފައިވަނިކޮށް ރައްޔިތުންތަކަކަށް ފައިސާތަކެއް ބަހަން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާ އެކަން އިއުލާންކުރުމުންވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކަމާ ބަހެއް ނުބުނެ ހަނތިބުން ޚިޔާރުކޮށްފިއެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާގެ "އިނާޔަތެއް" ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނިންމެވި ނިންމެވުމާ ގުޅިގެން އޭސީސީއާ ބައެއް އޮންލައިން ނޫސްތަކުން ސުވާލުކޮށްފައިވެއެވެ.

އެ ސުވާލުތަކަށް ޖަވާބުދިނުމަށް އެކޮމިޝަނުން ދެކޮޅު ހަދާފައިވާއިރު، އޭސީސީއަކީ މިފަދަ މައްސަލަތައް އަމިއްލަ އިސްނެގުމަށް ބަލައި ހުއްޓުވުމުގެ ބާރު ވެސް ގާނޫނުން މަތިކޮށްފައިވާ މުއައްސަސާއެކެވެ. މިހާ ތަނަށް އެއްވެސް ފަރާތަކުން އެ ކަން މައްސަލައެއްގެ ގޮތުގައި އެކޮމިޝަނަށް ހުށަހަޅާފައިވާކަންވެސް އެނގެން ނެތްިއރު، އޭސީސީއިން މީގެ ކުރިން ވަނީ އިންތިހާބަށް ނުފޫޒު ފޯރުވަން ރިޝްވަތުގެ އަމަލުތައް ހިންގާނަމަ ރިޝްވަތުގައި ނުހިފާ އެކަން ކޮމިޝަނަށް އެންގުމަށް ބުނެފައެވެ.

މާލެ ހިޔާ އަދި ސިނަމާލެ ފްލެޓުތަކުގެ ވެރިންނަށް ނަގުދު ފައިސާއިން 1 ލައްކަ ރުފިޔާ ދިނުމަށް ރައީސް މުއިއްޒު ނިންމަވާ އެކަން އިއުލާންކުރެއްވީ އެ ފްލެޓުވެރިންނާ އެކު މުލިއާގޭގައި ޞޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ އެކި ދާއިރާތަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުންނާ އަދި މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުވެސް ބައިވެރިވެފައިވާކަން އާންމުވެފައިވާ އެ ބައްދަލުވުމުގެ ފޮޓޯތަކުން ހާމަވެފައިވެއެވެ.

އޭޕްރީލް 4, ގައި ބާއްވަ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ދައުލަތުގެ ބަޖެޓުން މިފަދަ ބޮޑު ހޭދައެއް "އިނާޔަތުގެ" ނަމުގައި އިއުލާނު ކުރުމަކީ ވޯޓަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމާ އެއީ ރިޝްވަތު ދިނުން ކަމަށް ވެސް ބެލުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?