April 27, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ލުބުނާނުގެ ކަފްރާއަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 27, 2026, 12:28 PM
މާލެ ސިޓީ

ލުބުނާނުގެ ދެކުނުގައި އޮންނަ ކަފްރާ އަވަށަށް އިސްރާއީލުގެ އިސްތިއުމާރީ ސިފައިން މިއަދު ނުރައްކާތެރި ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ ލުބުނާނުގެ ސިޔާދަތަށް އަރައިގަނެ، އެ ގައުމުގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގެ ބައެކެވެ.

Advertisement

މިއަދުގެ މި ހަމަލާތަކުގައި ކަފްރާގެ އެކި ސަރަހައްދުތަކަށް ބޮން އަޅާފައިވާއިރު، މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ މުދަލަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އިސްރާއީލުން މި ހަމަލާތައް ދީފައިވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާއަތުގެ އަމާޒުތަކަށް ކަމަށް ބުނި ނަމަވެސް، މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.

މި ހަމަލާތަކާ ގުޅިގެން ލުބުނާނުން ދީފާނެ ރައްދު ހަމަލާއަކަށް ބިރުން، އިސްރާއީލުގެ އުތުރުގެ ގިނަ ސަރަހައްދުތަކެއްގައި މިއަދު ވަނީ އިންޒާރުގެ ސައިރަން އަޅުވާފައެވެ. އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލުބުނާނު ފަޅިން އަތުވެދާނެ ރޮކެޓް ހަމަލާތަކަކަށް ތައްޔާރުވުމުގެ ގޮތުން ހިފާފައިވާ ފަލަސްތީނުގެ އުތުރުގެ ރަށްތަކުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

އިސްރާއީލުން ލުބުނާނަށް ދެމުންދާ މި ހަމަލާތަކަކީ ސަރަހައްދީ ސުލްހަ ނަގާލައި، ހަނގުރާމަ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ބައިނަލްއަގުވާމީ މުހައްލިލުން ދަނީ ބުނަމުންނެވެ. ދިވެހިރާއްޖެއަކީ އަބަދުވެސް އިސްރާއީލުގެ މިފަދަ އިސްތިއުމާރީ އަދި ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ގައުމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved