April 10, 2026
Advertisement
-
- / ޓައިމްސް އޮފް އިސްރާއީލް

ސަހްޔޫނީ ރައްޔިތުންގެ މުޒާހަރާ ކުރިއަށް، މުޅި ގައުމު ހުއްޓުމަކަށް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 19, 2025, 03:36 PM
މާލެ ސިޓީ

ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމާއި ބޮޑުވަޒީރު ނަތަންޔާހޫ އިސްތިއުފާ ދިނުމާއި ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެދި އިއްޔެއިން ފެށިގެން އެތައް މިލިއަން ބަޔަކު ސަހްޔޫނީ މަގުތަކަށް ނުކުމެ މުޒާހަރާތައް ކުރިއަށް ގެންދަން ފަށައިފިއެވެ.

Advertisement

މި މުޒާހަރާތަކާއި ގުޅިގެން އެ ގައުމު ހުއްޓުމަކަށް އައިސް މުޅި ސަހްޔޫނީން ހައި އެލާޓަށް އައިސްފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އިދިކޮޅު ފަރާތްތަކާއި އާންމު ރައްޔިތުން ހިމެނޭ ގޮތަށް ވެރިރަށް ޓެލް އަވީވް އިން ފެށިގެން ޣައްޒާ ބޯޑަރާއި ހަމައަށް ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް މި ވަގުތުވެސް ދަނީ މުޒާހަރާ ކުރަމުން ކަމަށް ސަހްޔޫނީންގެ ޗެނަލްތަކުން ބުނެއެވެ.

ފަލަސްޠީނު ބިމަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ ރައްޔިތުން އިއްޔެ އާއި ރޭ ވެސް މަގުތަކުގައި އަލިފާން ރޯކޮށް، ޓަޔަރު އަންދައި ނަތަންޔާހޫގެ އިސްތިއުފާ އަށް ގޮވާފައިވާއިރު އަދިވެސް މުޒާހަރާތައް ދަނީ ކުރިޔަށެވެ.

މިއީ ފަހުގެ ތާރީޚުގައި އެ ގައުމުގެ ސަރުކާރާއި ދެކޮޅަށް ބާއްވާ އެންމެ ބޮޑު އެއްވުން ކަމަށް ވާއިރު ސަހްޔޫނީންގެ ސިފައިންގެ އަތެއްވެސް މި ހަޅުތާލުތަކުގައި އެބައޮތް ކަމަށް ތުހުމަތު ކުރެއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ބޮޑެތި ހައިވޭތައްވެސް ބަންދު ކޮށްފައެވެ. އެއާއި އެކު ސްކޫލްތަކާއި ސަރުކާރުގެ ބައެއް އޮފީސްތަކާއި ޒަރޫރީ ޚިދުމަތްދޭ ތަންތަން ވަނީ ބަންދުކޮށްފައެވެ.

އެ ގައުމުގެ އެތައް ސަތޭކަ ތަނެއްގައި އެއްވުންތައް ހުއްޓުމެއް ނެތި ކުރިޔަށްދާއިރު ވެރިރަށް ޓެލް އަވީވްގައި އެކަނި ވެސް ގާތްގަނޑަކަށް 500،000 މީހުން ދަނީ މުޒާހަރާ ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved