
މޯލްޑިވްސް ޒަކާތު ހައުސް އިން މިދިޔަ ފެބްރުއަރީ މަހު ފަގީރުންނަށް އެހީގެ ގޮތުގައި 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކުރި ޒަކާތު ހައުސްގެ ފެބްރުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް އެ އިދާރާއަށް އެހީގެ ގޮތުގައި ހަމަޖެހިފައިވަނީ 829،948ރ އެވެ.
އެ މުއްދަތުގައި އެހީ އަށް އެދުނު 69 މީހަކަށް އެހީގެ ގޮތުގައި 740،805ރ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އެހީ ދީފައިވާ ގޮތައް ބަލާއިރުގައި:
މިދިޔަ ފެބްރުއަރީ މަހު ޒަރޫރީ އެހީއަށް އެދި 69 ފަރާތަކުން ވަނީ ހުށަހަޅާފައެވެ.
އެފަރާތްތަކަށް ވަނީ އެހީގެ ގޮތުގައި 740،805ރ ހޭދަކޮށްފައެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިފުތިތާހުކުރީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު އެވެ.










