
ރައީސް މުހައްމަދު މުއިއްޒަކީ ދޮގު ހަދާވެރިއެއްކަން ސާފުވެއްޖެކަމަށް ޕީއެންއެފެގް ނައިބު ރައީސް ޑރ،.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެެއްވި ޕޯސްޓެއްގައެވެ.
ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ގިނަގިނައިން ދޮގުހަދާ ވެރިންނަށް ގިޔާމަތް ދުވަހު ގަދަފަދަ އަޒާބު ލިބޭނެކަން ބަޔާންކުރައްވާފައިވާ ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅެއް ހިއްސާކުރައްވަމުން ވިދާޅުވީ، ރައީސް މުއިއްޒަކީ ދޮގުހަދަން ދެވިހިފާފައިވާ ވެރިއެއް ކަމަށެވެ.
އަދި ރައީސް ޔާމީންގެ ހުސްގޮނޑި ދައްކަވައިގެން ވެރިކަން ހޯއްދެވުމަށްފަހު، ރައީސް މުއިއްޒު ގެންދަވަނީ ކުރިން ދެއްކެވި ހުރިހާ ވާހަކަތަކާ ހިލާފަށް އެތައް ހާސް ދޮގެއް ހައްދަވަމުން ކަމަށް ޑރ ޖަމީލް ވިދާޅުވި އެވެ.
މީގެ އިތުރުން، ރައީސް ޔާމީންގެ ޝަރީއަތުގެ މައްސަލާގައި ކޯޓުތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމަށް މިއަދު ރައީސް މުއިއްޒު އަމިއްލަފުޅަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށްވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފަ އެވެ.










