
ބަޔަކަށް ނަމޫނާ ދައްކަން ނުކުތުމަކީ ކައިފައި ވަޔެއް ލުންހާ ފަސޭހަ ކަމެއް ނޫނެވެ. އެހެނީ އެ ނަމޫނާ ދައްކާއިރު އެ މަންޒަރު ބަލާ އެ ފިޔަވަޅު މަތީ ހިނގާނެ ބަޔަކުވެސް ތިބެދާނެތީއެވެ. އަމުދުން ގައުުމެއްގެ ވަލިއްޔުލަް އަމުރުގެ މަގާމުގައިހުންނަވާ ނަމަ އެ ބޭފުޅެއް ފަސް ފަހަތް ބަލާ އެ ބެފުޅެއްގެ އަމަލުތަކަށް ފާރަވެރިވެ، އެބޭފުޅެއް ބަސް މަގު ހުންނަ ގޮޮތް ނަކަލު ކުރާނެ ބަޔަކު ތިބޭނެ ކަން ޔަގީނެވެ.
ދައްކަން މިއުޅޭ ވާހަކައަކީ އަހަރުމެންގެ ގައުމުގެ ވަލިއްޔުލް އަމުރު، އެހެން މީހުންނަށް އިނގިލި ދިއްކޮށް ދާދި އިހަކަށް ދުވަހަކު ގައުމުގެ "ރަސްމީ" ޕޯޑިއަމްގައި ހުންނަވާ ދެއްކެވި ބައެއް ވާހަކަތަކާ ގުޅުން ހުރި ކަމެއްގެ ވާހަކައެވެ.
އެގޮތުން މޫނަށް ރުލެއް އަރުވާ ނުލާ 10، 12 މިނެޓަށް ވާހަކަ ދައްކަމުން ދޮގު ހެދުމަކީ އެއް ބަޔަކު ކުަޅަދާނަ ކަމާ އެކު ކުރާކަމެއް ކަމަށް ވިދާޅުވެ ރައީސް މީހާ ވަނީ އެއީ ހައިރާންވާ ކަމެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި އެ ބަޔަކު ހަދާ ކަމަށް އެމަނިކުފާނު ތުހުމަތުކުރައްވާ ދޮގުތައް ދަރަޖަކުރައްވާ ވިދާޅުވީ އެމަނިކުފާނުގެ އެކްސްޕީރިއަންސްއަކީ ބުހުތާނު ދޮގަކީ އެންމެ ދަރަޖަ ކަމަށެވެ.
ނަމަވެސް އެ މަނިކުފާނު އެ ވިދާޅުވާ ދޮގު ހެދި ބަޔަކު އުޅެނީ އެ ލެވެލްއަށް ވުރެ ވެސް މާ މަތީގައި ކަމަށް ބުނެ ވަރަށް ކޯފާ އިސްކުރައްވާ މޫނު މަތި ރަތްކުރައްވައި ހުންނަވާ ކޮންމެވެސް ބަޔަކަށް ފާޑުވިދާޅުވިއެވެ.
އެމަނިކުފާނު ދޮގުގެ ވާހަކަ މެންޝަންކޮށް ވާހަކަ ދެއްކެވިއިރު މޫނުފުޅު މަތިން ޑެސްޕަރޭޝަން ފެންނަމުން ދިޔައީ މުޅިން އެހެން ލެވެލްއެއްގައެވެ. ނަމަވެސް ގައުމުގެ ބައެއް ނޫސްވެރިންނަކީ ގަޓަރުންގެ ގޮތުގައި އަޓަރ ކުރައްވާ ރައީސް މީހާ ދޮގުގެ ވާހަކަ ދެއްކެވީމަ ނުހޭން ހުއްޓަސް ހެވޭނެ ދެއްތޯއެވެ. އެއީ ދޮގުގެ އެންމެ މަތީ ލެވެލްގައި އެއްވެސް ކަހަލަ ވެއްޓުމެއް ނެތި ހިފަހައްޓަވާ ހަމައެކަނި ބޭފުޅަކީ އެ ރައީސް މީހާ ވީމައެވެ.
ނުކުރާނަމޭ ވިދާޅުވި ކޮންމެ ކަމެއް ގައުމެއް ކުރައްވާ، ކުރިން ބުނި އެއްޗެއްހި ކެންސަލްކޮށް، އުނބު ޓާނުވެސް ނަންގަވާ އެމަނިކުފާނު ކުރައްވަނީ ވަކި ކޮށް ކަމެއްތޯއެވެ؟ ކަންކަމުގައި ކުރިން ދައްކާފައި ހުރި ވާހަކަތައް އޮޅުވާލާ ރައްޔިތުން ގުނބޯ ހައްދަން ކުރާ މަސައްކަތަކީ ދޮގު ނޫން ދެން އެހެން ކޮން އެއްޗެއްތޯއެވެ؟
ގައުމުގައި ކައްޒާބެއްގެ ދަރަޖަ ގައިމު ލިބޭނީ ކިހާ ވަރަކަށް ދޮގު ހެދުނީމަތޯއެވެ؟ އެވެސް ރައީސްކަމުގައި ހުންނަވާއެވެ.
އެހެންކަމުން ގައުމުގައި އާންމު ފަރުދުން މޫނަށް ރުލެއް އަރުވާ ނުލާ ދޮު ހަދާ ވާހަކަ އެމަނިކުފާނު ދެއްކެވުމަކީ ހަމަ ގުދޯ ގުދޯ ގޮވުމެވެ. އަދި އެމަނިކުފާން ހަނދާން ނެތުނު ނަމަވެސް މައި ސޯބު އެނބުރޭ އަތަކަށް ކުދި ސޯބުތަކަށްވެސް އެނބުރޭނެއެވެ.










