June 8, 2026
Advertisement
ރައީސް ޔާމީން ފަލާހުއަށް: ޗެރީ ޕިކު ކުރެއްވީމަ އަދާކުރަން ޖެހޭ ޝުކުރެއް ނޯންނާނެ
ރައީސް ޔާމީން ފަލާހުއަށް: ޗެރީ ޕިކު ކުރެއްވީމަ އަދާކުރަން ޖެހޭ ޝުކުރެއް ނޯންނާނެ / ސަން އޮންލައިން

ރައީސް ޔާމީން ފަލާހުއަށް: ޗެރީ ޕިކު ކުރެއްވީމަ އަދާކުރަން ޖެހޭ ޝުކުރެއް ނޯންނާނެ

Jun 7, 2026, 09:01 PM
މާލެ ސިޓީ

ކުރީގެ ތިން ރައީސުން ރައީސް ޑރ މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހު ބުނެފައިވާވުމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވައިފިއެވެ.

Advertisement

ގައުމުގައި ބޮޑު ދަރަނިތަކެއް އޮއްވާ ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު އެ ދަރަނިތައް ދައްކާ ޚަލާސްކޮށް ނިންމަމުންދާ ކަމަށާ އެކަމަށް ކުރީގެ ތިން ރައީސުން ރައީސް މުއިއްޒަށް ޝުކުރު އަދާ ކުރަން ޖެހޭ ކަމަށް ފަލާހު ވަނީ ބުނެފައެވެ.

އެކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ގައުމެއްގައި ނަމަ ދަރަނި އޮންނާނެ ކަމަށާ އެއިން ކޮންމެ ދަރަންޏަކީ ވާރުތަވަމުން ސަރުކާރުތަކަށް އަންނަ އެއްޗެއް ކަމަށެވެ. އަދި އެ ދަރަނި ދެއްކުމަކީ އޭރެއްގައި ދައުލަތާ ހަވާލުވާ ސަރުކާރުގެ ވެރިންގެ ޒިންމާއެއް ކަމަށާ އެއީ ކޮންމެހެން މޮޅުކަމެއްގެ ގޮތުގައި ދެކި އެކަން ޕްރޮމޯޓުކޮށް މެޑަލް ޖެހުން ނޯންނަ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އިތުރަށް ރައީސް ޔާމީން ވިދާޅުވީ ކާޅު ހާލި ހެދީމާ ކޮވެލި ބިސް އަޅާ ވާހަކަ އެންމެން ވެސް އަޑު އަހާނެ ކަމަށެވެ. އަދި ރައީސް ޔާމީން ވަނީ އިގްތިސޯދީ ވާހަކަ ފަލާހު ނުދައްކަން އިލްތިމާސްކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގައި މޮޅުގެ ކަންފުޅެއް ހުރި ނަމަވެސް 3 އަހަރުވެގެންދާއިރު އިގްތިސޯދުގެ ޗާލާކީކަން ފެނިގެންދާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved