May 27, 2026
Advertisement
އީދު ނަމާދު ޖަމާއަތުގައި ކުރަނީ
އީދު ނަމާދު ޖަމާއަތުގައި ކުރަނީ / ސަން އޮންލައިން

ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ބާއްވަނީ

Aishath Naja
އައިޝަތު ނަޖާ
Mar 20, 2024, 08:49 PM
މާލެ ސިޓީ

ކުރިއެކޭވެސް އެއެއްގޮތަށް މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭވުޒާރާއިން ހާމަކޮށްފިއެވެ.

Advertisement

އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގެ ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މި އަހަރުގެ ފިތުރު އީދު ނަމާދު މާލެ ސަރަހައްދުގެ 4 ސަރަހައްދެއްގައި ކުރެވޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އެއީ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި ވިލިމާލެ ބޯޅަދަނޑުގަޔާއި ހުޅުމާލެ ފުރަތަމަ ފިޔަވެހީގެ ސިންތެޓިކް ޓްރެކް ސަރަހައްދު އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައެވެ.

އެ ވުޒާރާއިން ވަނީ އީދު ނަމާދަށް ދިއުމުގެ ކުރިން ގެއިން ވުޟޫކޮށް އަމިއްލަ މުސައްލައެއް ގެންދިއުމާއި، ފެންފުޅިއެއް ގެންދިއުމަށް ހަނދާންކޮށްދީފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ އީދު ނަމާދުގެ ޖަމާއަތް ފެށޭ ގަޑި އަވަސްކުރުމާމެދު މަޝްވަރާކުރަމުންނެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ މިކަމާމެދު މަޝްވަރާ ކުރަނީ އީދު ނަމާދު ފެށޭ ގަޑި މިހާރު ލަސްވުމުން އާންމުންގެ ޝަކުވާ ލިބެމުންދިޔުމާއި ގުޅިގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved