
އަފްޣާނިސްތާނުގެ ފަސްގަނޑުގައި އިންޑިއާއިން ވާގިވެރިވެގެން ހިންގާ ޓެރަރިސްޓް "ރައްކާތެރި ސަރަޙައްދުތަކާ" ދެކޮޅަށް ޕާކިސްތާނުން ގެންގުޅޭ ހަރުދަނާ ސިޔާސަތަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ތާއީދުކޮށް، އިންޑިއާއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖައްސައިފިއެވެ.
މި މައްސަލައިގައި ޕާކިސްތާނުން ބައިނަލްއަޤްވާމީ މައިދާނުގައި ކުރި ވަކާލާތަށް ޗައިނާ، ތުރުކިޔޭ، ރަޝިޔާ އަދި އެމެރިކާއިން ވަނީ އެއްބަސްވެފައެވެ. މިއީ ސަރަޙައްދީ ހަމަޖެހުން ގާއިމުކުރުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ބައިނަލްއަޤްވާމީ ތާއީދެކެވެ.
މި އެއްބަސްވުމުގެ ދަށުން، އިންޑިއާގެ މަދަދާއެކު ހަރަކާތްތެރިވާ ޓީޓީޕީ، ބީއެލްއޭ، އައިއެސް-ކޭ، އަދި އީޓީއައިއެމް ފަދަ ނުރައްކާތެރި ޖަމާޢަތްތަކާ ދެކޮޅަށް އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ވަގުތުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ނިންމުމަކީ އިންޑިއާއިން އަވަށްޓެރި ޤައުމުތަކުގެ ހަމަޖެހުން ނަގާލުމަށް ރާވަމުންދާ ރޭވުންތަކަށް ލިބުނު ވަރުގަދަ ހޫނު މިސައިލެއް ފަދަ ރައްދެކެވެ. އަދި މިއީ ޕާކިސްތާނުގެ ޚާރިޖީ އަދި ދިފާޢީ ސިޔާސަތަށް ލިބުނު ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.










