March 11, 2026
Advertisement
ޕާކުކޮށްފައި ހުރި ސައިކަލްތަކެއް
ޕާކުކޮށްފައި ހުރި ސައިކަލްތަކެއް / ޕީއެސްއެމް

ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި 60 ވެހިކަލް ޓޯ ކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Mar 21, 2024, 12:02 AM
މާލެ ސިޓީ

ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި 60 ވެހިކަލް ޓޯ ކޮށްފިއެވެ.

Advertisement

ގިނަ ދުވަސްވަންދެން ބޭނުންނުކޮށް ބަހައްޓާފައި ހުންނަ އުޅަނދުތަކާ ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުގެ މަގުތަކުގައި ބަހައްޓާފައިވާ މިފަދަ އުޅަންދުތައް ނެގުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

އެގޮތުން އަންގާރަަ ދުވަހުގެ ރޭ މާލޭ ސިޓީގެ، ތާޖުއްދީން ސްކޫލް އަދި ހިރިޔާ ސްކޫލް ވަށައިގެން ހުރި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކު ކޮށްފައިވާ 60 ވެހިކަލް ޓޯކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

މިފަހަކަށްއައިސް ފުލުހުން އަންނަނީ މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތައް ޓޯ ކުރަމުންނެވެ. އެގޮތުން މާޗް 13 ވަނަ ދުވަހުން ފެށިގެން މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަންދުތައް ޓޯ ކުރުމުގެ މަސައްކަތް ކޮންމެ ރެޔަކު ފުލުހުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved