March 11, 2026
Advertisement
ދެ ދުަވސް ތެރޭގައި 163 ވެހިކަލް ޓޯ ކޮށްފައިވޭ
ދެ ދުަވސް ތެރޭގައި 163 ވެހިކަލް ޓޯ ކޮށްފައިވޭ / ސަން އޮންލައިން

ދެ ދުވަހުގެ ތެރޭޣައި ޓޯ ކުރި އުޅަނދުގެ އަދަދު 163!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 15, 2024, 06:27 PM
މާލެ ސިޓީ

ދެ ދުވަހުގެ ތެރޭގައި 163 އުޅަނދު ފުލުހުން ޓޯ ކޮށްފިއެވެ.

Advertisement

ބުރާސްފަތި އަދި ހުކުރު ދުވަހު ޓޯކުރި އުޅަނދުތަކުގެ ތެރެއިން 84 ވެހިކަލަކީ ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކައިރިން ފަތާ ޓްރެކާ ހަމައަށް ޕާކުކޮށްފައި ހުރި އެއްޗިއްސެވެ. އަދި އަމީނީ މަގު ދަރުބާރުގެ ހިސާބުން ފެށިގެން ބޮޑު ތަކުރުފާނު މަގުން ފެށިގެން އައިޖީއެމްއެޗްއާއި ހަމައަށް، އަދި ބޮޑުތަކުރުފާނު މަގު ސެނެހިޔާ ހިސާބުން ފެށިގެން މާގިރި ހޮޓަލާއި ހަމައަށް، ހިމެނޭ ގޮތަށް އިއްޒުއްދީން މަގު ބަސް ސްޓޮޕް ކައިރި ހުސްކޮށް 79 އުޅަނދު ޓޯކޮށްފައިވެއެވެ.

އިއްޒުންދީން މަގުން ޓޯކުރި އުޅަނދުތަކުގެ ތެރޭގައި ރަޖިސްޓްރީ ނުކުރާ އުޅަނދުވެސް ހިމެނެއެވެ.

ފުލުހުންވަނީ އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް އެއްގަމު އުޅަނދު ޕާކު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ގިނަ ދުވަސްވަންދެން ބޭނުންނުކޮށް ބަހައްޓާފައި ހުންނަ އުޅަނދުތަކާ ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުގެ މަގުތަކުގައި ބަހައްޓާފައިވާ މިފަދަ އުޅަންދުތައް ނެގުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ފުލުހުން ބުނެފައިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) އަދި އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved