ދިވެހި ރާއްޖޭގައި މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް މިހާރު ދޭ އަދަބަށްވުރެ ހަރުކަށި އަދަބެއް ދޭންޖެހޭކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މަސްތުވާތަކެތީގެ ނުރައްކާގެ މައުލޫއަށް ދިން ހުތުބާގައި ބުނެފައިވަނީ، ދިވެހި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި މަސްތުވާތެކެތީގެ ބޭނުންކުރުން ހިމެނޭކަމަށެވެ.
ކުށްތަކަށް އަރައިގަތުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގައި މަސްތުވާތެކީގޭ ބޭނުން ކުރުން އިތުރުވުން ކަމަށް ހުތުބާގައި ވަނީ ބުނެފައިއެވެ.
މަސްތުވާތަކެތީގެ ބޭނުން ކުރާ ފަރުދުންނަށް މިހާރު ދެވޭ އަދަބަށް ވުރެ ވަރުގަދަ އަދަބެއް ދިނުމަށާއި މިފަދަ ބޮޑު ވަބާއަކުން ގައުމުގެ ފަރުދުން ރައްކާތެރިކުރުމަކީ މުހިއްމު ކަމެއްކަމަށްވެސް ހުކުރު ހުތުބާގައި ވަނީ ބުނެފައިއެވެ.
މީގެ އިތުރުން، މިފަދަ ވަބާ އަކީ ދީނުގައި އެންމެ އިސްކަން ދީފައިވާ އެއްކަން ކަމުގައިވާ ހަމަބުއްދިއަށް ބުރޫއަރުވާ ކަމެއް ކަމުން އެފަދަ ކަންތަކުން ފަރުދުން ދެރުހެލި ކުރުމަށްވެސް ހުތުބާގައި ވަނީ ބާރުއަޅާފައިއެވެ.