March 13, 2026
Advertisement
ކޮޅުވެއްޓީ ބަންޑުން ޖަހާލުން: ޖުމްލަ 6 މީހަކު ވަނި ހޮސްޕިޓަލަށް ގެންގޮސްފައި
ކޮޅުވެއްޓީ ބަންޑުން ޖަހާލުން: ޖުމްލަ 6 މީހަކު ވަނި ހޮސްޕިޓަލަށް ގެންގޮސްފައި / ޕޮލިސް މީޑިޔާ

ކޮޅުވެއްޓި ބަންޑުން ޖަހާލުން: ތަހުގީގު ފަށައިފި

Faina Faiz
ފައިނާ ފާއިޒް
Nov 4, 2025, 12:12 AM
މާލެ ސިޓީ

މާލޭގެ އެމްޕިއެލް ސަރަހައްދުގެ ބަނދަރާ ކައިރިން ކޮޅުވެއްޓިއެއް ބަނޑުންޖަހާލި ހާދިސާ ތަހުގީގުކުރަންފަށައިފިއެވެ.

Advertisement

އެމްޕީއެލްއިން މިއަދު އާންމުކުރި ބަޔާނުގައި ބުނެފައި ވަނީ، އެ ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން މިހާރު ވަނީ އެތެރޭ ތަހުޤީގު ފަށައިފައި ކަމަށެވެ. އަދި ތަހުޤީގުން އެނގޭ މަޢުލޫމާތަށް ރިޔާއަތްކޮށް، އިތުރު މަޢުލޫމާތު އާންމުކުރާނެ ވާހަކަވެސް އެ ބަޔާނުގައި ވަނީ ހިމަނާފައިއެވެ.

އިއްޔެ މެންދުރު 3:44 ހާކަން އިރު ވަނީ މާލޭގެ އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލާފައިއެވެ. މިހާދިސާގައި އެ އުޅަދުގައި ތިބީ 14 މީހުންނެވެ.

މީގެ ތެރެއިން 6 މީހަކު ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައިއެެވެ. އަދި މިތަނުން އެކަކު އިއްޔެ މެންދުރު ނިޔާވެފައި ވާއިރު ރޭގެ ދަންވަރުގެ ވަގުތުގައި ދެވަނަ ފަރާތެއް ވަނީ ނިޔާވެފައިއެވެ.

މި ހާދިސާގައި ނިވާވެފައިވަނީ، އެމް.ޕީ.އެލްގެ ލޭބަރާރގެ މަޤާމުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސޫދު ހޮސެއިން އަދި، ކުންފުނީގެ ލޭބަރާރގެ މަޤާމުގައި ހުރި ޢަލީ އަފްލާޙް އަބްދުﷲ ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved