
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު އިންތިހާބުކޮށްފިއެވެ.
ސަލީމު އެމަގާމަށް އިންތިހާބުކޮށްފައިވަނީ، މަޖިލިސް ނައިބަކު އިންތިހާބު ކުރުމަސް ހޯމަ ދުވަހު ޞޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާގަިއ ނެގި ސިއްރު ވޯޓުގައި 62 ވޯޓު ލިބިވަޑައިގެންނެވެ. އޭނާއާ ވާދަ ކުރެއްވި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ހުސެއިން ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ. ދެ ވޯޓަކީ ބާތިލު ވޯޓެވެ.
ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ގެންދެވީ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.
ޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މަގާމުން އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ.
ނާޒިމް އިސްތިއުފާ ދިނީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން ސޮއިކުރައްވައި އޭނާ ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށެވެ.










