June 7, 2026
Advertisement
ލިބުނު ނާކާމިޔާބީއެކު ޕީއެންސީއިން މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފެށުން ފަސްކޮށްފި
ލިބުނު ނާކާމިޔާބީއެކު ޕީއެންސީއިން މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފެށުން ފަސްކޮށްފި / ސޯޝަލް މީޑިއާ

ލިބުނު ނާކާމިޔާބީއެކު ޕީއެންސީއިން މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފެށުން ފަސްކޮށްފި

Jun 7, 2026, 02:01 PM
މާލެ ސިޓީ

މާދަމާ ފަށަން އޮތް ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފެށުން ފަސްކޮށްފިއެވެ.

Advertisement

މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި،  މި އަހަރުގެ ދެވަނަ ދައުރު ފެށީ، މިދިޔަ ހޯމަ ދުވަހު ކަމަށްވާއިރު، އެ ދުވަހުގެ ޖަލްސާއަށް ފަހު ހަފުތާއަކަށް މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލާފައިވާއިރު، އެ ދުވަހުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله،  މަޖިލީހުގެ ޖަލްސާއެއް މި ހަފުތާގެ ހޯމަ ދުވަހު ކަމަށް އިއުލާން ކުރެއްވި ނަމަވެސް އެ މުއްދަތު އިތުރު ހަފުތާއަކަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހު ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އެހެންކަމުން، ދެން މަޖިލީހުގެ މި ދައުރުގައި ޖަލްސާތައް ދެން ފެށޭނީ ޖޫން 15 ވާ ހޯމަ ދުވަހުއެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، މި ދައުރުގެ ޖަލްސާތައް އަންނަ އޮގަސްޓު 15ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިޅިހުގެ ޖަލްސާތައް ފެށުން އިތުރު ހަފްތާއަކަށް ލަސް މިކުރީ، ހޮނހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އުތުރު ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަންގައި އެ ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި ވަނިކޮށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved