June 23, 2026
Advertisement
ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދުގެ ޖަލްސާގައި
ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދުގެ ޖަލްސާގައި / ރައްޔިތުންގެ މަޖިލިސް

ސިނގިރޭޓު އަގުހެޔޮކުރުމާ މެދު ސުވާލު ވަޒީރަށް ޖަވާބު ނުދެވުނު، ވިދާޅުވީ އެ ސުވާލަށް ޖަވާބުދޭން ތައްޔާރު ނޫން ކަމަށް!

Jun 23, 2026, 11:46 AM
މާލެ ސިޓީ

މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކުރުމަށް ހަމަ މި ސަރުކާރުން ނިންމީ ކޮން ގޮތަކަށް ވިސްނައިފައިތޯ ކުރި ސުވާލަށް ހެލްތު މިނިސްޓަރު ގިލާ އަލީއަށް ޖަވާބު ނުދެއްވުކަން ހާމަވެއްޖެއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ)، ސަރުކާރުން ސިނގިރޭޓުގެ އަގު ހެޔޮކުރުމަށް ނިންމީ ކޮން ގޮތަކަށް ވިސްނައިފަތޯ ވަޒީރާ ސުވާލުކުރެއްވުމުން އެކަމަނާ ވިދާޅުވީ، މަޖިލީހަށް ވަޑައިގެންނެވީ އެ ސުވާލަށް ޖަވާބުދޭނ ްތައްޔާރުވެގެން ނޫން ކަމަށާ ސުވާލުގެ ޖަވާބު އިއްޒަތްތެރި މެންބަރަށް ފަހުން އަރުވާނެ ކަމަށެވެ.

ސިނގިރޭޓަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން އަށް ރުފިޔާއަށް 2024ވަނަ އަހަރުގެ ނޮވެންބަރު މަހު ބޮޑުކުރުމަށްފަހު، ހަތަރު ރުފިޔާއަށް ކުޑަ ކުރަން ސަރުކާރުން ހުށަހެޅީ އިއްޔެއެވެ. މި ނިންމުމާއެކު ކަންބޮޑުވުންތަކާއެކު ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނެވެ.

ސަރުކާރު ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އިބްރާހީމެވެ

.

ސަރުކާރުން މި ހުށަހެޅި އިސްލާހުގެ މައިގަނޑު ބޭނުމެއް ކަމަށް ބުނެފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށްޓަކައި އިގުތިޞާދީ ގޮތުން މަގުފަހިކޮށްދިނުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved