March 22, 2026
Advertisement
.
. / އަދަދު

މީޑިޔާ ކޮންޓްރޯލް ބިލުގެ މަގުސަދަކީ މަޑިސީލަ އުވާލުން: ފިއްޓެ

Aishath Naja
އައިޝަތު ނަޖާ
Aug 27, 2025, 09:00 PM

މީޑިޔާ ނެތިކޮށްލުމުގެ ބޭނުމުގައި ހުށަހެޅި ބިލުގެ ބޭނުމަކީ ޗެނަލް 13 އިން ގެނެސްދޭ "މަޑިސީލަ" ޕްރޮގްރާމް އުވާލުމަށްކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

Advertisement

ޒިޔާދު މިފަދައިން ވިދާޅުވެފައި ވަނީ ބުދަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި މީޑިޔާ ކޮންޓްރޯލު ބިލަށް ބަހުސް ކުރެއްވުމަށް ލިބުނު ފުރުސަތުގައެވެ.

އެ ބިލާމެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާ ޒިޔާދު ވިދާޅުވީ މިއީ ސީދާ ރައީސް މުއިއްޒު ގާނޫނު އަސާސީއާ ހިލާފުވުންކަމަށެވެ. ގާނޫނު އަސާސީގައި މީޑިޔާ އަކީ ހަތަރުވަނަ ބާރުކަމަށް ކަނޑައަޅާފައިވާއިރު އެ ބާރު އަތުލުމަށްޓަކައި ކުރަން އުޅުމަކީ ހުދުމުހުތާރު ކަމެއްކަމަށް ވިދާޅުވެ ޒިޔާދު ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

"ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ އަޅުގަނޑުމެން ވެސް ވެރިކަމަށް އައީ މީޑިޔާގެ، އެ ތެދެއް، ހަމަ ޔަގީންކަމާއެކު އަޅުގަނޑަށް ކެރޭ ދަންނަވަން.. މަޑިސީލަ ނެތްނަމަ މިއަދު މި ދުއްޕާނެއް ދިވެހިންނަށް ނުޖެހުނީސް، މަޑިސީލަ މިއަދު އުވާލަން ކުރާކަމެއް މިއީ" ޒިޔާދު ވިދާޅުވިއެވެ.

މުއިއްޒު ވެރިކަމަށް އައީ ވެސް މީޑިޔާގެ ބޭނުން ހިފައިގެންކަން މިއަދު އެހާ އަވަހަށް ހަނދާން ނައްތާލުމަކީ ވެސް އެއް ހެކިކަމަށް ޒިޔާދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވަނީ އެ ބިލުގައި ހުރި ބައެއް ކަންތައްތައް ފާހަގަކޮށް އެ ބިލުގެ ސަބަބުން ނޫސްވެރިންނަށް ލިބޭނެ ގެއްލުން ބޮޑުކަމަށް ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved