March 22, 2026
Advertisement
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ޕީއެންސީއަށް މީހުން ވަގަށް ވެއްދި ވާހަކަ ދައްކަން ފެށުމުން ހުއްޓުވާފައި
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ޕީއެންސީއަށް މީހުން ވަގަށް ވެއްދި ވާހަކަ ދައްކަން ފެށުމުން ހުއްޓުވާފައި / ސޯޝަލް މީޑިއާ

ޕީއެންސީއަށް ވަގަށް މީހުން ވެއްދި މައްސަލައިގެ ވާހަކަ މަޖިލީހުގައި ދެއްކުން ހުއްޓުވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 17, 2025, 09:06 PM
މާލެ ސިޓީ

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ޕާޓީ ޕީއެންސީއަށް މެމްބަރުން ވެއްދުމާއި ނުވެއްދުމުގެ ވާހަކަތައް ނުދެއްކޭނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Advertisement

އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމަަށް މަޖިލީހުގެ މިނިވަން މުައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވައި ވާހަކަ ދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވީ، އޭނާ ވެސް ހިމެނޭ ގޮތަށް ޕީއެންސީއަށް ގިނަ ބަޔަކު ވެއްދުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އެކަމަކު އެކަމާ ގުޅިގެން އިލެކްޝަނުން ވެސް ބަހެއް ނުބުނަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތުމުން ކަމަށެވެެ.

ވަގު ފޯމުތަކުގެ މައްސަލަ ފުލުހުން ވެސް ނުބަލާކަން ފާހަގަކުރައްވާ ޒިޔާދު ވިދާޅުވީ އެ މައްސަލަ ބަލާ މުއައްސަސާއާ ހަވާލުވެގެން ހުރީ އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅާ ކަމަށެވެ.

ޕާޓީއަށް މީހުން ވައްދަން ވަޒީރުންނާއި މެންބަރުންނާއި ވަރަށް ބުރަ މަސައްކަތްކޮށް ރަށަށަށް ގޮސްގެން މީހުން ވެއްދި. ވަރަށް ގިނަ މީހުން ވެއްދި. އެހެންނަމަވެސް އެ ބާރާއި އިހުތިޔާރު އޮތަތީވެ އެ ވަޒީރު ބޭނުންކުރީ އޭގެ ޝޯޓްކަޓް

މެމްބަރު ޒިޔާދު

ޒިޔާދުގެ މި ވާހަކަތައް ހުއްޓުވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމު ވިދާޅުވީ، މަޖިލީހުގައި ކުރިއަށްދަނީ ޕާޓީ ޖަލްސާއެއް ނޫން ކަމަށެވެ. އެގޮތުން ހުށަހެޅިފައިވާ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރެއްވުމަށް އެދޭ ކަމަށް ވެސް އަބްދުއްރަހީމު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved