June 27, 2026
Advertisement
-
-

ޔޫރަޕްގައި ހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް: ގިނަ ބަޔަކު މަރުވެއްޖެ

Aiminath Sarah
އައިމިނަތް ސާރާ
Jun 27, 2026, 02:03 PM
މާލެ ސިޓީ

ހުޅަނގު ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވެފައިވާ އާދަޔާ ހިލާފަށް ހޫނުގަދަ މޫސުމުގެ ސަބަބުން، ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސް، މިހާތަނަށް ދިހަވަރަކަށް މީހުން މަރުވެއްޖެއެވެ.

Advertisement

މިދިޔަ ހަފުތާއިން ފެށިގެން ކުރިމަތިވަމުންދާ މި ނުރައްކާތެރި ހޫނު ރާޅުގެ އަސަރު މިހާރު ދަނީ އިރުމައްޗަށް ދަތުރުކުރަމުންނެވެ. މޫސުމާ ބެހޭ މާހިރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޖަރުމަނާއި ޕޮލެންޑުގެ ފިނިހޫނުމިންވެސް ރެކޯޑް މިންވަރަކަށް މައްޗަށް ދާނެއެވެ.

މިހާ ގިނަ އަދަދަކަށް މީހުން މަރުވާން މެދުވެރިވީ ކުއްލިއަކަށް ފިނިހޫނުމިން މައްޗަށް ގޮސް، މީގެ ކުރިން ރެކޯޑް ކުރެވިފައި ނުވާ ފަދަ ގަދަ ހޫނެއް ސަރަހައްދަށް ފެތުރުމުގެ ސަބަބުންނެވެ. މި ހާލަތާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދެމުންނެވެ.

މި ގަދަ ހޫނުގެ ސަބަބުން ބައެއް ގައުމުތަކުގައި ވަނީ ރެޑް އެލާޓް ނެރެފައެވެ. އަދި އާންމުން ބޭރަށް ނުނިކުތުމަށާއި، ގިނައިން ފެން ބުއިމަށް ސިއްހީ މާހިރުން ދަނީ އިރުޝާދު ދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved