May 27, 2026
Advertisement
އެއްބަސްވުމުގައި ސޮއި ކުރަނީ
އެއްބަސްވުމުގައި ސޮއި ކުރަނީ / އިސްލާމިކް މިނިސްޓްރީ

ރާއްޖޭގެ ތިން ރަށެއްގައި މިސްކިތް އެޅުމަށް ހަވާލުކޮށްފި

Aishath Naja
އައިޝަތު ނަޖާ
Mar 22, 2024, 12:18 AM
މާލެ ސިޓީ

ރާއްޖޭގެ ތިން ރަށެއްގައި އަމިއްލަ ފަރާތަކުން އަޅާ މިސްކިތްތަކެއްގެ އެއްބަސްވުމުންތަކުގައި އިސްލާމިކް މިނިސްޓަރީން ސޮއިކޮށްފި އެވެ.

Advertisement

އިސްލާމިކް މިނިސްޓަރީން ބުނީ އަމިއްލަ ފަރާތްތަކަކުން މިސްކިތްތަކެއް ބިނާކުރުމަށް ނިންމާފައި ވަނީ ރ. އަލިފުށީގަ އާއި އައްޑޫ ސިޓީ ހުޅުދޫގެ އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކަމަށެވެ.

އެގޮތުން އަލިފުށީގައި 570 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް ހަވާލު ކޮށްފައި ވަނީ މީގެ ކުރިން ވެސް މިސްކިތްތައް ބިނާކުރުމުގެ ތަޖުރިބާ ހުރި، އަބްދުއްރަހުމާން މޫސާއާ އެވެ.

އިސްލާމިކް މިނިސްޓަރީ އާއި އަބްދުއްރަހުމާންއާ ދެމެދު އެއްބަސްވެފައި ވަނީ އަބްދުއްރަހުމާންގެ އަމިއްލަ ހަރަދުގައި ދެއަހަރު ދުވަސްތެރޭގައި އެ މިސްކިތް ބިނާކޮށް ނިންމުމަށެވެ.

އައްޑޫ ސިޓީ ހުޅުދޫގައި 200 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމަށް ހަވާލު ކޮށްފައި ވަނީ މުހައްމަދު ސާލިހުއާ އެވެ.

އިސްލާމިކް މިނިސްޓާރީ އާއި މުހައްމަދު ސޯލިހުއާ ވެވުނު އެއްބަސްވުމުގެ ދަށުން މިސްކިތް އެޅުމުގެ ހުރިހާ ހަރަދެއް މުހައްމަދު ސޯލިހުގެ އަމިއްލަ ހަރަދުގައި ދެއަހަރު ދުވަސްތެރޭގައި ނިންމަން ޖެހޭނެ އެވެ.

ހުޅުމާލެ ފޭސް ދޭއްގައި މިސްކިތެއް އިމާރާތް ކުރުމަށް ހަވާލު ކޮށްފައި ވަނީ މުހައްމަދު ޔޫސުފްއާ އެވެ.

އިސްލާމިކް މިނިސްޓަރީއާ މުހައްމަދު ޔޫސުފްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މިސްކިތް އެޅުމުގެ ހުރިހާ ހަރަދެއް ކުރާނީ މުހައްމަދު ޔޫސުފް އަމިއްލަ އަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved