May 27, 2026
Advertisement
އިސްލާމިކް މިނިސްޓާރ ޝަހީމް ކަދުރާ ހަވާލުވެވަޑައިގެންނަވަނީ
އިސްލާމިކް މިނިސްޓާރ ޝަހީމް ކަދުރާ ހަވާލުވެވަޑައިގެންނަވަނީ / އިސްލާމިކް މިނިސްޓްރީ

ސައުދީން ރާއްޖެއަށް 55 ޓަނު ކަދުރު ހަދިޔާކޮށްފި

Aishath Naja
އައިޝަތު ނަޖާ
Mar 22, 2024, 01:51 AM
މާލެ ސިޓީ

ސައުދީ އަރަބިއްޔާ ސަރުކާރުން ރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

Advertisement

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނި ގޮތުގައި ސައުދީން ދިވެހި ސަރުކާރަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާއިރު، ސައުދީގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ފަސް ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާ ކަމަށެވެ.

ސައުދީއިން ހަދިޔާކުރި 50 ޓަނުގެ ކަދުރާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުލުން އޮތީ ސައުދީ އެންބަސީގައެވެ.

ސަރުކާރުގެ ފަރާތުން އެ ކަދުރާއި ހަވާލުވަޑައިގެންނެވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސައީދެވެ.

ކަދުރު ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީ އެވެ.

ސައުދީގެ އިސްލާމީ ކަންތައްތަކާއި ވުޒާރާ އިން ހަދިޔާކުރި ފަސް ޓަނުގެ ކަދުރު ހަވާލުކުރުން އޮތީ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ކަދުުރު ހަވާލުކޮށްދެއްވީ ސައުދީ ސަފީރު މަތްރިކް އައްދައުސަރީއެވެ.

އަދި ކަދުރާއި ހަވާލުވެވަޑައިގެންނެވީ ވަޒީރު ޑރ. ޝަހީމްއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved