July 4, 2026
Advertisement
އަސާސީ ހިދުމަތް ދިނުމުގައި އެންމެން ވެސް ހަމަހަމަވާން ވާނެ: މަލީހު
އަސާސީ ހިދުމަތް ދިނުމުގައި އެންމެން ވެސް ހަމަހަމަވާން ވާނެ: މަލީހު / ސޯޝަލް މީޑިއާ

އަސާސީ ހިދުމަތް ދިނުމުގައި އެންމެން ވެސް ހަމަހަމަވާން ވާނެ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Jul 4, 2026, 04:43 PM
މާލެ ސިޓީ

ގައުމުގައި ސަރުކާރާ ދައުލަތުން ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަކި ފަރުދަކު ތަފާތުކޮށްގެން ނުވާނެ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

އެގޮތުން 2024 ވަނަ އަހަރު ކަރަންޓު ބިލުއަކާ އެނޫންވެސް ދަރަނީގެ ގޮތުގައި ލިބެން ޖެހޭ، 774 މިލިއަން ރުފިޔާ އޮތްއިރު، އޭގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުން ލިބެން ޖެހޭ ރުފިޔާއާ ދައުލަތުގެ އެކި މުއައްސަސާތަކާ ވުޒާރާތަކުން ލިބެން ޖެހޭ ފައިސާ ގިނަކަން ފާހަގަކޮށް މަލީހު ވަނީ، ކަރަންޓަކީ އަސާސީ ހިދުމަތަކަށްވީ ނަމަވެސް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ވަކި ބަޔަކަށްވީތީ ތަފާތުކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރާ ނިކަމެތި ރައްޔިތުންގެ މެދުގައި އެފަދަ ފަރަގުކުރުންތައް ގެންގުޅެގެން ނުވާނެކަމަށް ވަކާލާތު ކުރައްވާ މަލީހު ވިދާޅުވެފައިވަނީ، އާންމު ރައްޔިތުން މީހާ ކަރަންޓު ބިލު ނުދެއްކުމުން ގެއިން ނުވަތަ އިމާރާތުން ކަރަންޓު ކަނޑާލާ ކަމަށާ ނަމަވެސް ދައުލތުގެ އެކި މުއައްސަސާތަކާ ވުޒާރާތަކުން ކަރަންޓު ބިލުގެ އަދަދު މިލިއަނުން އަރައިގެންދާއިރު ވެސް ކަރަންޓު ކަނޑާނުލާ ކަމަށެވެ.

އެހެންކަމުން އެއީ އިންސާފު ކަމަށް ވިދާޅުވެ މަލީހު ވަނީ މަޖާޒީ ގޮތަކަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved