July 4, 2026
Advertisement
 ވައި ބާރުވެ ކަނޑުތައް ގަދަވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ވައި ބާރުވެ ކަނޑުތައް ގަދަވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި / ސޯޝަލް މީޑިއާ

ވައި ބާރުވެ ކަނޑުތައް ގަދަވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

Jul 4, 2026, 05:51 PM
މާލެ ސިޓީ

 ވައިބާރުވެ ކަނޑުތައް ގަދަވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

Advertisement

މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް، ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެއެވެ.

ވައި ޖެހޭނެ ކަމަށް ބެލެވެނީ ހުޅަނގުދެކުނާއި ހުޅަނގުންނެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، އެހެން ހިސާބުތަކަށް ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގައެވެ.

ކަނޑުގެ ހާލަތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށާއި، ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކުރެއެވެ.  

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved