July 10, 2026
Advertisement
މަޖިލިސް މެމްބަރުންގެ ގޮނޑިއާ މެދު ނިންމެވި ނިންމެވުމާ އަޅުގަޑު ދެކޮޅު: ރައީސް ޔާމީން
މަޖިލިސް މެމްބަރުންގެ ގޮނޑިއާ މެދު ނިންމެވި ނިންމެވުމާ އަޅުގަޑު ދެކޮޅު: ރައީސް ޔާމީން / ސޯޝަލް މީޑިއާ

މަޖިލިސް މެމްބަރުންގެ ގޮނޑިއާ މެދު ނިންމެވި ނިންމެވުމާ އަޅުގަޑު ދެކޮޅު: ރައީސް ޔާމީން

Jul 10, 2026, 02:40 PM

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މަގާމު ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެމަނިކުފާނު ދެކޮޅު ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން ގެންދާ ފްރޮންޓު އޮފީސް ޖަލްސާތަކުގެ ތެރެއިން، ބުރާސްފަތި ދުވަހުގެރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ މެމްބަރުންގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން ސުޕްރީމި ކޯޓުން ނިންމެވީ ނުރައްކާތެރި ނިންމެވުމެއް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ، މަޖިލީހުގެ މެންބަރުންނަކީ ގާނޫނު ނަގަހައްޓައި، އާންމު މަސްލަހަތު ހިމާޔަތް ކުރަންޖެހޭ ބަޔެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް، ސުޕްރީމް ކޯޓުން ނިންމި ނިންމުމާ އެކު ންބަރުން ހިމާޔަތް ކުރަންޖެހޭނީ އެމީހެއްގެ ޕާޓީ ކަމަށް ވެގެން ގޮސްވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ އިސް ޒިންމާއަކީ ސަރުކާރުން ޖަވާބުދާރީ ކުރުވުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް ކޯޓުން ނިންމީ ސަރުކާރު ޒިންމާދާރު ކުރުވުމުގައި ވެސް މަޖިލީހުގެ ދައުރެއް ނޯންނަ ގޮތަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ މިހާރު ނަޒޭހާތްތެރި ފަނޑިޔާރުން ނެތުމުން އިންސާފަށް ހުކުމު ކުރުމާ މދު ސުވާލު އުފެދޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved