March 18, 2026
Advertisement
ރަމަޟާން މަހު މާލެ ސަރަހއްދުގައި ގުޑީ އަރުވަނީ
ރަމަޟާން މަހު މާލެ ސަރަހއްދުގައި ގުޑީ އަރުވަނީ / މިސްބާހް | ތޭރަ އިމޭޖްސް

މާލެއަށް އިހްސާސްކުރެވޭ ހޫނުމިން 44.3 ޑިގްރީ ސެލްސިއަސްއަށް!

Aishath Naja
އައިޝަތު ނަޖާ
Mar 22, 2024, 07:58 PM
މާލެ ސިޓީ

މާލޭ ސަރަހައްދުގެ ހޫނުމިން 44.3 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.

Advertisement

މެޓް އިން ހާމަކޮށްފައިވާ ފިނި ހޫނު މިން ހުރި މިނަވަރަށް ބަލާއިރު، ފިނި ހޫނުމިން އެންމެ މަތީގައި އުޅެނީ މާލެ ސަރަހައްދުގައެވެ.

އެއީ 33 ޑިގްރީ ސެލްސިއަސްގައެވެ.

ހދ. ހަނިމާދޫގެ ފިނި ހޫނުމިން 32.6 ޑިގްރީގައި އުޅޭއިރު ލ. ކައްދޫގައި ފިނި ހޫނުމިން އުޅެނީ 30.3 ޑިގްރީގައެވެ.

އަދި ގދ. ކާޑެއްދޫގައި 29.6 ޑިގްރީ، އައްޑޫ ސިޓީ ގަމުގައި 31.6 ޑިގްރީގައި ފިނި ހޫނުމިން ހުރި ކަމަށް މެޓްއިން ބުނެއެވެ.

މެޓް އިން ހިއްސާކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތަށް ބަލާއިރު މި އަހަރުގެ މިހާތަނަށް އައިއިރު އިހްސާސް ކުރެވޭ ހޫނު މިން އެންމެ މައްޗަށް ދިޔައީ މިއަދެވެ.

މިއަހަރު އިހްސާސް ކުރެވޭ ފިނި ހޫނު މިން 42 ޑިގްރީ ސެލްސިއަސް އަށް ވެސް އެރިއެވެ.

މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދުވަސްވަރު މާލޭ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް ވެސް އެރިއެވެ.

މެޓްއިން ބުނެފައިވާ ގޮތުގައި މާޗް-އޭޕްރީލްއަކީ އަހަރުގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved