July 8, 2026
Advertisement
ސަރުކާރުން ފަޅުތަކުގެ ކަންމުޑި އެބަ ޖަހާ: މަލީހު
ސަރުކާރުން ފަޅުތަކުގެ ކަންމުޑި އެބަ ޖަހާ: މަލީހު / ތޭރަ އޮންލައިން

ސަރުކާރުން ފަޅުތަކުގެ ކަންމުޑި އެބަ ޖަހާ: މަލީހު

Jul 7, 2026, 08:28 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަގަށް ފަޅުތަކުގެ ޑީލުތައް ހަދަމުންދާކަމުގެ ތުހުމަތު، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ތުހުމަތު ކުރައްވައިފިއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވަނީ ސަރުކާރުން އެއްވެސް ޒިންމާދާރު ކަމެއް ނެތި ރާއްޖޭގެ ގިނަ ފަޅުތަކެއް ބޭނުންކޮށް ކޮރަޕްޝަން ހިންގަމުން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ސިއްރިއްޔާތުގައި ފަޅުތައް ނުއަގުގައ ވިއްކަމުންދާ ކަމަށް ތުހުމަތު ކުރައްވާ މަލީހު ވިދާޅުވެފައިވަނީ، ޓުއަރިޒަމް މިނިސްޓްރީއިން އެކަންކަން ހާމަކުރަން ޖެހޭ ކަމަށެވެ.

އެންމެ ފަހުން ފަޅުތަކަށާ ރަށްތަކަށް ބިޑަށް ހުޅުވާލި އިރަކާ މެދު ސުވާލު އުފައްދަވާ މަލީހު ވިދާޅުވީ ސަރުކާރުން ފަޅުތަކުގެ ކަން މުޑި ވެސް ޖަހަމުން ދަނީ ސިއްރިއްޔާތުގައި ކަމަށެވެ.  

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved