April 17, 2026
Advertisement
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް

މިއީ ހޮޅި ވެރިކަމެއްގެ ހުރިހާ ސިފައެއް އެކުލެވޭ ވެރިކަމެއް: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 24, 2024, 06:01 PM
މާލެ ސިޓީ

މިހާރު އޮތް ސަރުކާރަކީ ހޮޅި ވެރިކަމެއްގެ ހުރިހާ ސިފައެއް އެކުލެވޭ ވެރިކަމެއް ކަމަށް، ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދުވުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މަލީހު ވިދާޅުވީ، މިިހާރު ފެންނަމުންދާ އެންމެ ހެއްވާ މަންޒަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް މުއިއްޒު ކުށްވެރިކުރާ މަންޒަރު ކަމަށެވެ. އެގޮތުން ރައީސް މުއިއްޒު އުނބަށް ޖެއްސެވުމާ ވަޢުދުތައް މަތީން ހަނދާންނެތުމުގެ އިތުރުން ދުޝްމަނުންނާއި ރަހުމަތްތެރިން ވަކިކުރަން ނޭގުން، މިއީ މިހާރަށް ބަލާއިރު ވަރަށް އާންމުކަންކަން ކަމަށް ވިދާޅުވެ މަލީހު ވަނީ އެއީ ހުސް ތާކުންތާކު ނުޖެހޭ ސަރުކާރެއްގެ ފަރާތުން ފެންނާނެ ކަންކަމަށް ވިދާޅުވެފައެވެ.

މަލީހު ރައީސް މުއިއްޒު، ރައީސް މުއިއްޒު ކުށްވެރިކުރާ ވާހަކަ ދަންނަވާ މަޖާޒީ ގޮތަށް އެ އިޝަރާތް ކުރެއްވީ ބެލެވޭ ގޮތުގައި ދާދި ަފހުން، ތިމަރަފުށި ދާއިރާއަށް ވާދަ ކުރާ އަހުމަދު ރިޔާޒުގެ ބޭބެ މިހާރު އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެދިގެން ރައީސް މުއިއްޒުގެ ސަރުކާރުން، ބަންދުގައި ހުރި މީހަކު ދުކޮށްލި މައްސަލައިގައި ރައީސް މުއިއްޒު އެކަން ކުށްވެރިކޮށް އެއީ ވެގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވާ ވިދާޅުވުމަށެވެ.

ކޮމެންޓު
ކޮމެންޓްތައު
Shaheem
Mar 25, 2024, 02:35 AM
ތިހެން ކިޔަކިޔަ އިދޭ ތީ އަހަރެމެންނަށް 2018 ގެއްލުވާލި ބަގައެއްނުތީ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved