February 26, 2026
Advertisement
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް / ޕީއެސްއެމް

ކެންޑިޑޭޓްގެ އިންތިހާބީ ހައްޤަށް އަރައިގަތުމަކީ ޤާނޫނީ ކުށެއް: ހަބީބް

Aishath Naja
އައިޝަތު ނަޖާ
Mar 25, 2024, 05:01 PM
މާލެ ސިޓީ

ކެންޑިޑޭޓޫންގެ އިންތިހާބީ ހައްޤަށް އަރައިގަނެ ކެމްޕެއިނަށް ހުރަސް އެޅުމަކީ ޤާނޫނީ ކުށެއް ކަމަށް އިލެކްޝަން ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

Advertisement

ހަބީބް މިފަދައިން ވިދާޅުވެފައިވަނީ އޭނާގެ އެކްސް ހޭންޑަލްގައި ކުރި ޕޯސްޓެއްގައެވެ.

އެގޮތުން ހަބީބް ވިދާޅުވީ އިންތިހާބުތަކަށް ތައްޔާރުވަމުންދާއިރު މިނިވަން ކަމާއެކު ކެމްޕެއިން ކުރުމުގެ މިނިވަންކަން ހުރިހާ ކެންޑިޑޭޓުންނަށްވެސް ޤާނޫނުން ލިބިފައިވާކަމަށެެވެ.

އަދި އެ މިނިވަންކަމަށް ނުވަތަ އެ ހައްޤަށް އަރައިގަތުމަކީ ގާނޫނީ ކުށެއް ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

އަދި މުއައްސަސާ ތަކުންވެސް އެކަމަށް އެއްބާރުލުންދީ ކެންޑިޑޭޓުންގެ ހައްޤުތައް ރައްކާތެރި ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ތައްޔާރުވަމުން އަންނަ އިރު ބައެއް ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އިރާލާ ކަންކަން ކުރަމުން އަންނާތީ، ހަބީބް ވަނީ އެކަން ނުކުރުމަށް ވެސް އެދިފައެވެ.

އަދި ސުލްހަވެރިކަމާ އެކީ ހުރިހާ ކެންޑިޑޭޓުންވެސް ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ހަބީބް ވަނީ ލަފާދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved