April 15, 2026
Advertisement
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް / ޕީއެސްއެމް

މަޖިލިސް އިންތިހާބުގެ ވޯޓު ފޮށިތަކުގެ މައުލޫމާތު އާންމުކޮށްފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Feb 1, 2024, 06:21 PM
މާލެ ސިޓީ

ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ މައުލޫމާތު، އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.

Advertisement

މިކަން ހާމަކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް، އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އެޓްވީޓުގަައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަނުގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާނެ ކަމަށެވެ.

އިތުރަށް އެޓްވީޓުގައި ވަނީ، ކޮންމެ ބޭފުޅަކުވެސް ފަރުދީ ޒިންމާ އަދާކުރެއްވުމަށްޓަކައި، އަދި ވޯޓުލައްވަން ވަޑައިގަންނަވަން ޖެހިވަޑައިގަންނަވަނީ ކޮންތާކު ހުންނަ ކޮން ފޮއްޓަކަށް ކަން ދުރާލައި ދެނެވަޑައިގަތުމަށް ފަހު ވަޑައިގަތުމަށް ފަހު ވޯޓލާން ދުރު ވުމަށް ވަނީ ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން ވޯޓު ފޮށީގެ މައުލޫމާތު ކަށަވަރު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ ހޮޓްލައިން 1414 ން މަޢްލޫމާތު އޮޅުން ފިލުވޭނެއެވެ.

ވޯޓު ފޮށީގެ މައުލޫމާތު ކަށަވަރު ކުރުމަށް، އެސްއެމްއެސް ކުރެއްވުމަށްޓަކައި، VR (space) ID number ޖައްސަވާފައި 1414 އަށް ފޮނުއްވާލެއްވުމުން އެމީހެއް ވޯޓުލާން ހަމަޖެހިފައިވާ ވޯޓު ފޮށީގެ މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved