March 19, 2026
Advertisement
އިސްރާއީލު ސިފައިން ފަލަސްތީނަށް ހަމަލާ އަމާޒުކުރަނީ
އިސްރާއީލު ސިފައިން ފަލަސްތީނަށް ހަމަލާ އަމާޒުކުރަނީ / އަލްޖަޒީރާ

ހިފާފައިވާ ހުޅަނގު އައްސޭރީގައި އާންމު ދިރިއުޅުމުގެ ބަޔަކަށް އަނިޔާވެރި އަސްކަރީ ރޭޑްތައް ވެގެންގޮއްސި

Faina Faiz
ފައިނާ ފާއިޒް
Jan 13, 2024, 07:49 PM
ފަލަސްޠީން

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އާންމު ދިރިއުޅުމުގެ ބަޔަކަށް އަނިޔާވެރި އަސްކަރީ ރޭޑްތައް ވެގެންގޮއްސިކަމަށް އެސަރަހައްދުގައި ދިރުއުޅޭ ރައްޔިތުން ބުނެފިއެވެ.

Advertisement

ނިރުބަވެރި ސިފައިން ރޭގަނޑުގެ ވަގުތު މި ސަރަހައްދު ރެއިޑުކޮށް އެސަރަހައްދުގައި ދިރިއުޅެމުންދާ އާންމުނަށް ދޭ ހަމަލާތަށް ދަނީ އިތުރުވެ އާންމުވަމުންނެވެ.

ދުވާލެއްގެ މައްޗަށް މަދުވެގެން އިސްރާއީލުގެ ސިފައިންގެ 40 ރޭޑެއް ކުރިއަށް ގެންދެއެވެ. މި ރޭޑުތަކުގެ ތެރޭގައި އާންމު އެތައް ރައްޔިތަކަށް އެކިވަރުގެ އަނިޔާތަށް ދީ ރައްޔިތުން ޝަހީދުކުރަމުން ގެންދާކަމަށްވެސް ފަލަސްތީނުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

ޣައްޒާގެ ދަރަޖް އަވަށަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ 20 މީހަކު ވަނީ ޝަހީދު ވެފައިއެވެ. އަދި ނޫސެއިރާތު ކައިރީގައި އޮންނަ އަލް ދަވާ އަވަށަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާގައި އިތުރު ދިހަވަރަކަށް މީހުން ވަނީ ޝަހީދުވެފައިއެވެ.

އިސްރާއީލުގެ ސިފައިން ވަނީ އަލްއަގްސާ ހޮސްޕިޓަލާ، މަޣާޒީ އާއި ދިއިރުލްބާލާގެ ސަރަހައްދުތަކަށް ވެސް ހަމަލާތަކެއް ދީފައިއެވެ.

މިހާތަނަށް މި ހަމަލާތަކުގައި ފަލަސްތީނުގެ 23،000 މީހުން ޝަހީދުވެފައިވާއިރުު މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved