March 10, 2026
Advertisement
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޢާޒް މުހައްމަދު ރަޝީދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޢާޒް މުހައްމަދު ރަޝީދު / ސޯޝަލް މީޑިއާ

ކުޅުދުއްފުށީ ޖަނެރޭޓަރު ހުރީ ކަސްޓަމްސްގައި، ވަރަށް އަވަހަށް ލިބޭނެ: ފެނަކަ

Aishath Naja
އައިޝަތު ނަޖާ
Mar 26, 2024, 01:33 AM
މާލެ ސިޓީ

ކުޅުދުއްފުށީ ސިޓީ އަށް ފޮނުވަން ހަމަޖެހިފައިވާ ޖަނެރޭޓަރު މިހާރު ހުރީ ކަސްޓަމްސްގައި ކަމަށާއި ވީއެންމެ އަވަހަކަށް ލިބިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

Advertisement

ކުޅުދުއްފުށީ ސިޓިން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމަށް ދެތިން ދުވަސްތެރޭގައި ފޮނުވަން ހަމަޖެހިފައިވާ 800 ކިލޯ ވޯޓްގެ ޖަނެރޭޓަރު 10 ދުވަސްވީ އިރުވެސް ނުލިބޭތީ އެރަށުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމުގައި ޗެނަލް 13 އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ޖަނެރޭޓަރު ފޮނުވުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. ޖަނެރޭޓަރު ކުޅުދުއްފުއްޓާ ހަމަޔަށް ނުދެވި ހުރީ ކަސްޓަމްސްގައި ހުރުމުންކަމަށެވެ. އެހެންނަމަވެސް ލަފާކުރެވޭ ގޮތުގައި މާދަމާ ކަސްޓަމްސް އިން ނެރެވޭނެކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

ގިނަ ރަށްރަށުގައި ކަރަންޓްގެ މައްސަލަތައް ކުރިމަތި ވަމުންދާތީ ފެނަކައިން އަންނަނީ އެކަމަށް ހައްލު ގެނައުމަށް ގިނަ ގުނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ޖަނެރޭޓަރު ފޮނުވަންޖެހޭ ރަށްރަށަށް ޖަނެރޭޓަރު ފޯރުކޮށްދެމުންވެސް ދެއެވެ.

އެގޮތުން ދާދި ފަހުން ވައިކަރަދޫގައި ކަރަންޓު ނެތިގެން ރައްޔިތުން ކަނު އަނދިރީގައި އުޅެން ޖެހުމުން ފެނަކައިން ވަނީ އެކަމަށް ވެސް ހައްލު ގެނެސް، ވައިކަރަދޫއަށް ކަރަންޓް ފޯރުކޮށްދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved