March 10, 2026
Advertisement
މުއާޒް މުހައްމަދު ރަޝީދު
މުއާޒް މުހައްމަދު ރަޝީދު / ރައީސް އޮފިސް

ފެނަކައިން މިދިޔަ މަހުގެ ބިލަށް ޑިސްކައުންޓް ދޭން ފަށައިފި

Aishath Naja
އައިޝަތު ނަޖާ
May 5, 2024, 07:46 PM
މާލެ ސިޓީ

މިދިޔަ މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ފަށާފައިވާ ކަމަށާއި އެ ބިލު މިހާރު ދައްކާފައިވާ ފަރާތްތަކަށް އަންނަ މަހު ޑިސްކައުންޓް ދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

Advertisement

ފެނަކައިން މިފަދައިން ބުނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެގޮތުން އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރަމަޟާން މަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާރު ކޮށްފައިވާ އޭޕްރިލް މަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާ އައު ބިލުތައް ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ފެނަކައިން ވަނީ އެ ޕޯސްޓްގައި ބުނެފައެވެ.

މިއަދު ޑިސްކައުންޓް ބިލުތައް ފޮނުވާއިރު އެ ބިލުތަކުގެ ޑިސްކައުންޓް ހިމެނުމުގެ ކުރިން ބިލް ދައްކާފައިވާ ފަރާތްތަކަށް އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved