March 10, 2026
Advertisement
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު / ފެނަކަ ކޯޕަރޭޝަން

ފެނަކަ ސައީދު 4 އަހަރަށް ޖަލަށް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Sep 28, 2025, 10:50 PM
މާލެ ސިޓީ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވި ދުވަސްވަރު ހިންގެވި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއްގައި އޭނާ 4 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

Advertisement

ސައީދު ހަތަރު އަހަރަށް ޖަލަށް ލާން ހުކުމް ކުރި އިރު، މިއީ އަދަބާ މެދު ވާހަކަ ދައްކަން ދިން ފުރުސަތުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެދުނު ކުރި އެއް އަހަރާއި ހަތް މަހަށް ވުރެ ވެސް ދިގު މުއްދަތެކެވެ. އަދި ސައީދުގެ ކުށުގެ ރެކޯޑެއް ނެތުމާއި ދިފާއުގެ ބޮޑު ބައި ސާބިތުކޮށްދެވިފައިވާތީ، އަދަބު ކުޑަކޮށްދޭން ދިފާއި ވަކީލުން ވެސް އެދިފައި ވަނިކޮށެވެ.

މި މައްސަލާގައި ސައީދުގެ އިތުރުން އޭރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ.

ފެނަކައަށް 9 ލައްކައަށް ވުރެ ގިނަ ރުފިޔާއިން ގެއްލުންވި ކަމަށް ދައުލަތުން ތުހުމަތުކުރާ މމި މައްސާލަގައި ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމްކުރީ 4 އަހަރަށް ޖަލަށް ލުމަށެވެ.

ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަސް ނަމަވެސް ކުށުގެ ދަރަޖަތައް އިތުރުކޮށް ކޯޓުން ވަނީ އަދަބު 4 އަހަރަށް މަތިކޮށްފަ އެވެ.

މި މައްސަލައިގައި ސައީދަށް ހުކުމްކުރި އިރު ފެނަކައިގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވެސް ވަނީ ހާމަވެފަ އެވެ. އެކަމަކު އޭނާ ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފަ އެވެ.

ސައީދުގެ މައްޗަށް ތުހުމަތުވާ ބައެއް މައްސަލަތައް އޭސީސީގައި މިހާރު ވެސް ކުރިއަށްދެ އެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved