މަލީހު ޕީއެންއެފް ޖަލްސާގައި / ޝަފްރާޒް | ތޭރަ އިމޭޖްސް
ސިޔާސީ
ޕީއެެންއެފްގެ ލޯގޯ ބޭނުންކުރަން ހުއްދަ ނުދޭން އުޅެނީ ބިރުން: މަލީހު
Mariyam Isaadha
މަރިޔަމް އިސާދާ
26 މާރިޗު 2024
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ލޯގޯ ބޭނުންކުރަން ހުއްދަ ނުދޭން އިލެކްޝަން ކޮމިޝަން (އީސީ) އިން އުޅެނީ ބިރުން ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ބާއްވާ ޖަލްސާތަކުގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ ޕީއެންއެފް ކެންޑިޑޭޓަށް އަމާޒުކުރި ސުވާލެއްގެ ތެރެއިން މަލީހު ވަނީ ޕީއެންއެފްގެ ލޯގޯ ބޭނުންކުރަން އީސީއިން ނުދިނުމުން ނުރުހުން އަމާޒުކުރައްވާފައެވެ.

މަލީހު ވިދާޅުވި ގޮތުގައި އެހެން އެކަން އެކުރައްވަނީ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ނުކުންނަ ކެންޑޭޓެއްކަން ރައްޔިތުންނަށް ޔަގީންވުމުން އެ ކެންޑިޑޭޓުން ހޮވިގެން ދިއުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ.

ޕާކިސްތާނުގައި ވެސް އިމްރާން ޚާންގެ ކެންޑިޑޭޓުންގެ ނަމުން އެ ޕާޓީގެ ނިޝަން ކަމަށްވާ ކްރިކެޓު ބެޓު ވަނީ އުނިކޮށްފައި. ހަމަ އެ ގޮތަށް ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ޕީއެންއެފްގެ ލޯގޯ ބޭނުން ނުކުރެވޭ ކުލައެއް ބޭނުން ނުކުރެވޭ. މިއުޅަނީ މި ކެންޑީޑޭޓުން ހޮވިދާނެތީ ބިރުން.

- މަލީހު

މަލީހު ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑޭޓުން ނޫން ބަޔަކަށް މި ފަހަރު އިންތިހާބުގައި ވޯޓު ރައްޔިތުން ނުދޭނެކަމުގެ ފުރިަހމަ ޔަގީންކަން އެބަ އޮތް ކަމަށާ އެހެންކަމުން ސަރުކާރުން އަންގައިގެން އީސީއިން އެގޮތަށް އަމަލުކުރަނީ ކަމަށެވެ.

ކޮމެންޓު
ކޮމެންޓްތައް
އައްލޫ
29 މޭ 2024, 01:34
ބޭރުގައުތަކުގެބާއްވާ ބޮެޑެތިޖަލްސާތަކައްފޮނުވަންޖެހޭނީވާހަކަދެއްކޭދައްކަންދައްނަމީހުންނޫންތޯ؟ ދުނިޔޭގެ ގައުމުތަކުގެ މީހުންގެ ނިސްބަތަށް ބަލާއިރު ދިވެހިރާއްޖެ ވާނެ ކިޔަވައިގެންތިބިމޮޅުމީހުންގިނަގައުމަކައްދެރަހިތާމަހުރިކަމެއް މަޖުލީހުގެރައީސަކައްވެސްހުންނަންޖެހޭނީ ހަމައެފަދަމީހަކުނޫންތޯނާގާބިލުމީހުންއިސްމަގާމުތަކައްއައުމަކީގިޔާމަތުގެއަލާމާތެއްނޫންތޯ؟
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved