April 23, 2026
Advertisement
މަލީހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަލީހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ / ތޭރަ އޮންލައިން

ރައްޔިތުންނަށް އޮޅުވާލި ބޭފުޅަކަށް މަޖިލިސް ދޭން ހެޔޮނުވާނެ: މަލީހް

Aishath Naja
އައިޝަތު ނަޖާ
Mar 27, 2024, 05:39 PM
މާލެ ސިޓީ

އަދުގެ ރައީސް ޑރ.މުހައްމަދު މުއިއްޒަކީ ރައްޔިތުންނަށް އޮޅުވާލި ވެރިޔެއްކަމަށާއި އެފަދަ ވެރިޔަކަށް މަޖިލިސް ދޭން ހެޔޮނުވާނެ ކަމަށް ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މަލީހް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް އޮޅުވާލައިގެން ކަން މިއަދު ސާފުވެއްޖެކަމަށެވެ.

ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކައި އޮޅުވާލާފައެވެ.

އެހެންކަމުން މިފަދަ ވެރިޔަކަށް ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބްގެ މެޖޯރިޓީ ދިނުން އެއީ އެންމެ އެދެވޭ ގޮތް ނޫންކަމަށާއި މަޖިލިސް ދީފި ކަމުގައި ވާނަމަ ދެން ފެނިގެންދާނީ އަނެއްކާވެސް ރައްޔިތުންނަށް އޮޅުވާލާ މަންޒަރު ކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.

މަލީހް އިތުރަށް މަޖިލިސް އިންތިޚާބްގައި ފުވައްމުލަކު ދެކުނު ދާއިރާއިން މިފަހަރު ޕީއެންސީ އަށް ނޯ ޖަހާނެކަމަށެވެ.

މަޖިލިސް އިންތިޚާބްގައި ސަރުކާރުގެ ކެންޑިޑޭޓުން ހޮވުމަށް ސަރުކާރުން ބުނަމުން އަންނަ އިރު ގިނަ ބަޔަކު ބުނަނީ ސަރުކާރަށް މަޖިލިސް މެޖޯރިޓީ ދީފިކަމުގައިވާނަމަ ފެނިގެންދާނީ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ނުކުރިވިގެން އުޅޭ މަންޒަރުކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved