March 23, 2026
Advertisement
ޑރ.ޖަމީލް ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ޑރ.ޖަމީލް ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ސަރުކާރާ މެދު ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ކުރާއިރު އޭސީސީގެ ހިލަމެއް ނެތް: ޑރ. ޖަމީލު

Mar 28, 2024, 01:11 AM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރެވެން ފެށި ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން ހަނު އޮންނާތީ ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލުހު އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Advertisement

ޑރ، ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާއެއްގައި ހެންވެއިރު ދެކުނަށް ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަށް ސުވާލު އަމާޒުކުރައްވަމުންނެވެ.

ޑރ، ޖަމީލު ވަނީ މިިހާރު މިއޮތް ސަރުކާރަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވައްކަމާ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މިންވަރު ހުރ ހިސާބާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރު ބަދަލުވުމަށް ފަހު ފެނިގެން ދިޔައީ މޭޒުތައް ވަށާލަިއގެން އެންމެ ބައިވެގެން އަނެއްކާވެސް ކުރީގެ ތާރީހު އިޔާދަކުރަން ފެށި މަންޒަރު ކަމަށެވެ.

ނަމަވެސް ބޮޑެތި ކޮރަޕްޝަނާ ވައްކަން ސަރުކާރު ތެރެއިން ކުރަމުން ދާ ކަމު ތުހުމަތާ އިލްޒާމުތައް ރައްޔިތުން ކުރަމުންން ދާއިރު އެއިން ކަމަކާ ގުޅިގެން އެފަދަ ކަންކަން ހުއްޓުވަން އޮންނަ މިނިވަން މުއައްސަސާކަމުގައިވާ އޭސީސީއިން ކަހާތަން ހިރުވާލާ މަންޒަރު ވެސް ނުފެންނާތީ ޑރ. ޖަމީލު ވަނީ އެކަމާ ފާޑުވިދާޅުވެފައެވެ.

މިފެންނަނީ ސަރުކާރު ތެރެއިން ކޮރަޕްޝަން ހިންގަމުންދާ މަންޒަރު. މިސާލަކަށް އެޗްޑީސީގެ އެމްޑީ ފަޒުލްގެ އަނބިކަނބަލުންނަށް ބިމެއް ދޫކޮށްލީ، އެކަމަށް އެބަ ތުހުމަތުތަކެއް ކުރޭ، އޭސީސީ ކޮބައިތޯ؟

ޑރ. ޖަމީލު

ޑރ، ޖަމީލު ވިދާޅުވެފައިވަނީ މިއީ ރައީސް އަބްދުﷲ ޔާމީންގެ ދަރިވަރުކަމުން އުނގެނިގެން އައި ބައެއްގެ ސަރުކާރަކުން ފެންނާނެ މަންޒަރެއް ނޫން ކަމަށާ އެގޮތުން ސަރުކާރުގެ އެތެރޭގައި ހޮއި ހެދިފައި ހުރި ހުރިހާ ދިމާއަކަށް ވަކި ހިއްޕޤާލާފައިވަނީ ރައީސް ޔާމީންގެ ފިކުރާ ދުރު ފިކުރުތަކެއްގެ މީހުން ކަން ހާމަވެގެން ދާ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved