March 10, 2026
Advertisement
ޒަކާތް ބަލައިގަންނަނީ
ޒަކާތް ބަލައިގަންނަނީ / ރާއްޖެއެމްވީ

ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާ އާދިއްތަ ދުވަހު: ޒަކާތު ހައުސް

Mariyam Isaadha
މަރިޔަމް އިސާދާ
Mar 29, 2024, 04:50 PM
މާލެ ސިޓީ

އަންނަ އާދީއްތަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް ޒަކާތު ހައުސްއިން ބުނެފި އެވެ.

Advertisement

ޒަކާތު ހައުސްއިން ހާމަކޮށްފައިވަނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުވެސް ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

އެގޮތުން، މާރިޗު 31 ވާ އާދީއްތަ ދުވަހުން ފެށިގެން، އަންނަ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ބަލައިގަންނާނެ ކަމަށް ޒަކާތު ހައުސް އިން ހާމަކޮށްފައިވެއެވެ.

މާލެ ސިޓީގައި ގޮވާމުން ޒަކާތް ބަލައިގަންނަން ހަމަޖެހިފައި ވަނީ އަމީނިއްޔާ ސްކޫލު ހޯލުގައެވެ. އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރާއި ހޮނިހިރު ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ މެންދުރު ފަހު 1:00 އިން ހަވީރު 4:00 އަށް އަމީނިއްޔާ ސްކޫލުން ގޮވާމުން ޒަކާތް ބަލައިގަންނާނެ އެވެ.

އޭޕްރީލް 9 ވަނަ ދުވަހު ގޮވާމުން ޒަކާތް ބަލައިގަންނާނީ މެންދުރު 1:00ން އިރުއޮއްސި 6:00ށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުންޏެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮވާމުގެ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ. ޒަކާތުގެ ގޮތުގައި ނެރެން ޖެހެނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން، ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved