March 19, 2026
Advertisement
އިސްރާއިލުން ބޭނުންކުރަމުން އަންނަ ފައިޓަރ ޖެޓެއް
އިސްރާއިލުން ބޭނުންކުރަމުން އަންނަ ފައިޓަރ ޖެޓެއް / ސޯޝަލް މީޑިއާ

އިސްރާއީލަށް އަސްކަރީ ސާމާނުތަކެއް ދިނުމަށް އެމެރިކާއިން އެއްބަސްވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Mar 30, 2024, 06:25 PM
ޣައްޒާ

އިސްރާއީލަށް އަސްކަރީ ސާމާނުތަކެއް ދިނުމަށް އެމެރިކާގެ ވައިޓް ހައުސް އިން އެއްބަސްވެއްޖެއެވެ.

Advertisement

އެގޮތުން ފަލަސްތީނުގެ ޣައްޒާގައި ތިބި މުސްލިމުންނާ ދެކޮޅަށް އިސްރާއިލުން ދެމުންދާ ނިރުބަވެރި ހަމަލާތަކުގެ ބައިވެރިއަކަށް ވެ އެ ހަމަލާތައް ވަރުގަދަ ކުރުމަށް ހަތިޔާރުގެ ގޮތުގައި ބޮމާއި ޖެޓު ފަދަ ތަކެތި ދިނުމަށް އެމެރިކާއިން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން މިފަހަރު އެމެރިކާއިން އިސްރާއިލަށް ދޭ ސާމާނުގެ ތެރޭގައި 1800 އެމްކޭ84 2،000 ޕައުންޑް ބޮމާ، 500 އެމްކޭ82 500 ޕައުންޑް ބޮމާ އަދި 25 އެފް-35އޭ ފައިޓާ ޖެޓާއި އިންޖީނު ހިމެނެއެވެ.

މި ސާމާނުގެ އަގު 2.5 ބިލިއަން ޑޮލަރަށް އަރައެވެ. ވައިޓް ހައުސްއިން މިފަދައިން ނިންމާފައިވާއިރު ބައެއް ފަހަރު އެމެރިކާއިން ދައްކާ ވާހަކަތައް ދެކޮޅު ނުޖެހެކަން ވެސް މީޑިޔާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން މިހާރު ހަތިޔާރު އިސްރާއިލަށް ދޭން އެމެރިކާއިން ނިންމިއިރު، ހަނގުރާމަކުރުމަށް އިސްރާއީލުން ބޭނުންވާ ހުރިހާ ހަތިޔާރެއް ފޯރުކޮށްދީފައިނުވާނެ ކަމަށާއި، އެކަމުގެ އެއް ސަބަބަކީ މި ހާލަތުގައި އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭން ބޭނުންނުވުން ކަމުގައި އެމެރިކާގެ އެންމެ އިސް އަސްކަރީ ޖެނެރަލް އިއްޔެ ބުނެފައިވެއެވެ.

ނަމަވެސް މީގެ ކުރިންވެސް އިސްރާއީލަށް 10 މިލިއަން ޑޮލަރުގެ އަގު ހުރި ހަތިޔާރުތައް ވަނީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި އެމްކޭ-82 ބޮމާއި ކޭއެމްޔޫ-572 ޖޮއިންޓް ޑިރެކްޓް އެޓޭކް މިއުނިޝަންސް އާއި އެފްއެމްޔޫ-130 ބޮން ފިއުޒް ހިމެނެއެވެ. އެކަމަކު، މިފަހަރު އިސްރާއީލަށް ދޭ ސާމާނު ގިނަވެފައި އަގު ވެސް ބޮޑެވެ.

އިސްރާއިލުގެ ބައެއް އަމަލުތަކުގެ ސަބަބުން އެމެރިކާގެ ނުުރހުން ބައެއް ފަހަރު އަމާޒުވި ނަމަވެސް ޣައްޒާ ހަނގުރާމައިގައި މާލީ އަދި އަސްކަރީގޮތުން ވެސް އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމަކީ އެމެރިކާއެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން، އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ކުރަމުންދާތާ ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިހާތަނަށް 32،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved