March 10, 2026
Advertisement
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޢާޒް މުހައްމަދު ރަޝީދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޢާޒް މުހައްމަދު ރަޝީދު / ސޯޝަލް މީޑިއާ

ފައިދާނުވާ އެއްވެސް މަޝްރޫޢުއެއް ދެން ފެނަކައިން ނުހިންގާނެ: މުއާޒް

Aishath Naja
އައިޝަތު ނަޖާ
Mar 31, 2024, 08:48 PM
މާލެ ސިޓީ

ކުރިއަށް އޮތްތާގައި ފައިދާ ނުވާ އެއްވެސް މަޝްރޫޢެއް ފެނަކައިން ހަވާލުނުވާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

Advertisement

މުއާޒް މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިޔާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މުއާޒް ވިދާޅުވީ މިދިޔަ 5 އަހަރު ފެނަކަ ކޯޕަރޭޝަން ހިންގާފައިވާ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުންނާއި،މެނޭޖްމަންޓުގެ ބައެއް ނިންމުން ތަކުގެ ސަބަބުން އެކުންފުނީގެ މާލީ ޙާލަތު ވަނީ މިއިން ދުވަހަކު ނުދާހާ ދަށަށް ގޮސްފައިކަމަށެވެ.

މިއާއެކު އެކުންފުުނީގެ އެތައް މަޝްރޫޢެއް އަދުގެ ސަރުކާރާ ހަވާލުވީއިރު އޮތީ ހުއްޓިފައިކަމަށް ވެސް މުއާޒް ވަނީ ބުނެފައެވެ.

އަދި 4 ބިލިއަން ރުފިޔާއަށްވުރެ މަތީ އަދަދަކުން ކުންފުނި އޮތީ ދަރަނިވެރި ވެފައިކަމަށްވެސް މީގެ ކުރިންވެސް މުއާޒް ވަނީ ބުނެފައެވެ.

މިދިޔަ ސަރުކާރުން ފެނަކަ ހިންގާފައިވަނީ ކުންފުންޏަށް ފައިދާ ނުވާ ގޮތައް ކަމަށާއި އައު މެނޭޖްމެންޓްގެ ވިސްނުން ހުރީ ފައިދާވާ ކުންފުންޏަކަށް ކުންފުނި ބަދަލުކުރުމަށް ކަމަށްވެސް މުއާޒް ވަނީ ވިދާޅުވެފައެވެ.

މުއާޒް ވިދާޅުވީ ފެނަކަ އަލުން ކޮޅަށް ޖެހުމަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުނި ދަރަނިވެރިވެފައިވުން ކަމަށެވެ.

އަދި ދަރަނި ދެއްކުމަށް ސަރުކާރާ މަޝްވަރާކޮށް ޕްލޭންތަކެއް ހަދަމުންދާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved