ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައި ވަނީ އަމީނިއްޔަ ސުކޫލު ހޯލުންް (ލިލީ މަގު ދޮރާށި) ކަމަށެވެ. އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ޒަކާތް ބަލައިގަންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖޭގެ ޒަކާތު ހައުސް އިން ކުރި އިއުލާނެއްގައި ވިދާޅުވީ، އެ ފުރުސަތު މި އަންނަ މަހުގެ 9 އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލާ ކަމަަށެވެ. މިގޮތުން ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކައުމަށް ބޭނުން ކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނީ މިއަދުން ފެށިގެން މި އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަަލަށް 13:00 އިން ފެށިގެން 16:00 އާ ހަމައަށެވެ. އަދި އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހު 13:00 އިން ފެށިގެން އިރުއޮއްސި 18:00 ގެ ނިޔަލަށް ޒަކާތް ބަލައިގަންނާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮވާމުގެ ބާވަތްތަކަކީ، އާދައިގެ ހަނދޫ، ތައި ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަންފުށް އަދި އާޓާ ފުށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 1,599,113ރ. ލިބިފައިވެއެވެ.