

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު މަރުވެއްޖެއެވެ.
ކަރެކްޝަނުން ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ 44 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ ރ. މަޑުއްވަރީ ވިންޑްމާގޭ އަހްމަދު އިޖާޒުއެވެ.
ނޭވާލާން އުނދަގޫވެގެން ހުޅުމާލޭ ހޮސްޕިޓަލަށް އޭނާ ގެންދިއުމުން، އީއާރްގައި އެޑްމިޓްކުރި ކަމަަށާ އިޖާޒަކީ ޓީބީ ބަލި ހުރި މީހަކަށް ވެފައި ބަލީގެ ހާލަތު ދެރަކަމުން މާޗް ނުވަ ވަނަ ދުވަހު އައިޖީއެމްއެޗްގެ އައިސީޔޫ ގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށި ކަމަށެވެ. އަދި ހާލަތު ގޯސްވެ ފަހުން ވެންޓިލޭޓަރަށް ލާފައިވާ ކަމަށާ އައިސީޔޫއިން އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ މިރޭ 11:30 ހާއިރު ކަމަަށެވެ.
އިޖާޒުއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއް ގައި ތިން އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރުމަށް މާޗް ހަތްވަނަ ދުވަހު ހުޅުމާލޭ ޖަލަށް ގެނެވުނު މީހެއް ކަމަށް ވެެސް ބުންޏެވެ.