April 29, 2026
Advertisement
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް / ސޯޝަލް މީޑިއާ

2 އަހަރުވަނީ މާލޭ ޖަލުގެ ބޮޑު ބިން ފަޅަށް

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 6, 2025, 10:29 PM
މާލެ ސިޓީ

ބޮޑުތަކުރުފާނު މަގުގައި ހުންނަ، މޯލްޑިވިސް ކަރެކްޝަން ސާވިސްއަށް ނިސްބަތްވާ މާލެ ޖަލު ބަންދުކުރި ފަހުން، އެއްވެސް ކަމަކަށް އެ ބިން ބޭނުންނުކޮށް ފަޅަށް ހުންނަތާ ދެ އަހަރު ވާން ގާތްވެއްޖެ އެވެ.

Advertisement

އެޖަލު ބަންދު ކުރިކަން އިއުލާނު ކޮށްފައިވަނީ މިދިޔައަހަރު ޖަނަވަރީ 6 ގައެވެ.

މި ޖަލު ބަދަލު ކުރަން ނިންމި އެ ޖަލާ އިންވެގެން އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް އެ ތަނުގައި ޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރު ކޮށްފާނެތީ ކަމަށް ކަރެކްޝަންސް އޭރު ބުނެފައިވެއެވެ. އެހެން ކަމުން އެ ތަނުގައި ތިބި ގައިދީން ވެސް އެހެން ޖަލުތަކަށް ބަދަލުކޮށްފައި ވެއެވެ.

އޭގެފަހުން، އެބިން ފަޅަށް އޮންނަތާ އަހަރަކާއި ފަސް މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. މައުލޫމާތު ލިބިފައި ވާގޮތުގައި އެބިން އަދިވެސް ބަލަހައްޓަމުން ގެންދަނީ އެ އިދާރާއިންނެވެ.

މީގެ ކުރިން ހޯމް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަރެކްޝަނަލް ސާވިސްގެ އޭސީޕީ މުހައްމަދު އާސިފް ބުނެފައިވަނީ ދެވަނަ ޓާމުގެ ކިޔެވުން ފެށުމުގެ ކުރިން މާލޭގެ ޖަލު ބަންދު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، އެއީ އޭރު އެންމެ އިސްކަމެއް ދީގެން އެ އިދާރާއިން ކުރަމުން އައި މަސައްކަތްކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން މާފުށީ ޖަލުގެ ބައެއް ޔުނިޓުތަކުގައި ތިބި ގައިދީންނަށް ބަދަލު ގެނެސް މާފުށީ ޖަލުން އިތުރު ޖާގަ ހެދުމަށްފަހު، އައްސޭރި ޖަލުން އިތުރު ޖާގަ ހަދާ، މާލޭ ޖަލުގައި ތިބި ބައެއް ގައިދީން އެހެން ޖަލުތަކަށް ބަދަލު ކޮށްފައިވާކަން ވެސް އޭނާ އޭރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved