March 14, 2026
Advertisement
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް / ސޯޝަލް މީޑިއާ

ކަރެކްޝަނަލް ސަރވިސް ގެ ކޭޓްރިން ހިދުމަތްދޭ ފަރާތްތަކާ ގުޅޭ މައްސަލައެއް ފެންމަތިވެއްޖެ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 13, 2025, 04:06 PM
މާލެ ސިޓީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޭޓަރިން ހިދުމަތް ދޭ ފަރާތްތަކަށް މުސާރަ ނުދޭކަމުގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

Advertisement

ތޭރައޮންލައިނަށް މައުލޫމާތު ލިބިފައިވާގޮތުގައި ކަރެކްޝަނަލް ސާވިސް އިން ހިންގާ ތިން ޖަލެއްގެ މުވައްޒަފުންގެ ކެއުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ފަރާތަށް މުސާރަ ނުދޭތާ 4 މަސް ވެފައިވާ ކަމަށެވެ. އެއީ ކަރެކްޝަނަލް ސާވިސްގެ ފަރާތުން، ކޭޓަރިންގެ ހިދުމަތްދޭ ފަރާތަށް ދޭންޖެހޭ ލާރި ނުދީ ދިގުލައިގެން ދިއުމުގެ ސަބަބުންކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ކަރެކްޝަނަލް ސާވިސްގެ ކޭޓްރިންގެ ހިދުމަތްދޭ ފަރާތަށް ފައިސާގެ ގޮތުގައި ދޭންޖެހޭ އަދަދު ލައްކައަކަށްވުރެ ގިނަ ކަމުގައި މައުލޫމާތުވެސް ވަނީ ލިބިފައެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމުން އެ ސާވިސް ގެ މީޑިޔާ އޮފިސަރު ވަނީ އެ ތުހުމަތު ދޮގު ކޮށްފަ އެވެ. ކަރެކްޝަން ފަރާތުން މައުލޫމާތު ދެމުން ބުނެފައި ވަނީ އެ ސާވިސްއިން ހިންގާ ހުރިހާ ކަމެއްގައިވެސް މެޗްގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ނަމަވެސް ކަރެކްޝަނަލް ސާރވިސަސްގެ އެއް ޖަލުގައި މަސައްކަތްކުރާ އޮފިސަރުން މިކަން ދޮގުކުރެއެވެ. ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ޖަލުން ވާހަކަ ދެއްކި އޮފިސަރަކު ބުނީ، މެސް ހޯލުގެ ކޭޓަރިންގެ ހިދުމަތުގެ ފެންވަރުދަށްވެ، އެންމެ ކުޑަމިނުން ކަޅު ކޮފީވެސް ނުލިބޭކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved