theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
ހުޅުމާލެ ޖަލުން ބަންގްލަދޭޝް ގައިދީއަކު ފިލިކަމުގެ އަޑު ފެތުރިއްޖެ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
12 ނޮވެމްބަރު 2025
މާލެ ސިޓީ

ހުޅުމާލެ ޖަލުން ބަންގްލަދޭޝްއަށް ނިސްބަތްވާ ގައިދީއަކު ފިލި ކަމުގެ އަޑު ފެތުރިއްޖެއެވެ.

ކުރުސީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މީހަކު މެރި ކުށުގެ ހައްޔަރުގައި ހުރި ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެއް ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި މީހާ ފިލި ފަހުން މިހާރު ހަފްތާއެއްހާ ދުވަސް ވެދާނެ ކަމަށާއި ކަރެކްޝަނުންނާއި ފުލުހުންގެ އިދާރާއިން އަންނަނީ މިކަން ފޮރުވާ އާންމުންނަށް މައުލޫމާތު ފެތުރިދާނެ ހުރިހާ ދޮރެއް ބަންދުކުރަމުން ކަމަށްވެސް ކުރުސީގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ފިލި ބަންގްލަދޭޝް މީހާގެ ނަން އަދި ފޮޓޯއެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ބުނެ ކުރުސީ ވަނީ ކަރެކްޝަން އަދި ފުލުހުންގެ ތެރޭގައި މި މީހާގެ މައުލޫމާތު (ނަމާއި ފޮޓޯ) ހުރި މީހުން އެ ތަކެތި ހިއްސާކޮށްދިނުމަށް ގޮވާލާފައެވެ.

މީހަކު މެރި ކަމުގެ ކުށުގައި (މާރޑާ) ކުރި މީހެއް އިދާރާތަކުގެ އިހުމާލުން މިފަދައިން ފިލާފައިވާ ނަމަ މިއީ މުޅި ސަރުކާރުގެ އިހުމާލެކެވެ. އަދި މިއީ ޖަލު ތަކުގެ ސެކިއުރިޓީއާއި މެދު މި ލެވެލްގައި ކަންކަން ހިނގަމުންދާނަމަ ސުވާލު އުފެދިގެންދާ ވަރުގެ ކަމެކެވެ.

ފުލުހުންނާއި ކަރެކްޝަންގެ ފަރާތުން އަދި ރަސްމީކޮށް މި ޕޯސްޓާއި ގުޅިގެން އެއްޗެއް ބުނެފައިނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved