March 14, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހް
ޕީއެންއެފްގެ އެސްޖީ މަލީހް / މިހާރު

ކަރެޝަންސްއަށް ފޮނުވި އެއްވެސް މެއިލެއް ނުލިބޭ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 28, 2026, 01:49 AM
މާލެ ސިޓީ

ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކުށުގެ ރެކޯޑު ސާފުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރަސްމީ މެއިލް އެޑްރެހަށް ފޮނުވި އެއްވެް މެއިލެއް ނުލިބޭކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި މަލީހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަހު 24އިން ފެށިގެން ކަރެޝަންސްގެ އީމެއިލަށް ފޮނުވި އެއްވެސް މެއިލެއް އެ މުއައްސަސާއަށް ނުލިބޭ ކަމަށެވެ. މަލީހު ވަނީ ކަން އެހެން ހުރިހުމުން ކައުންސިލް އިންތިހާބަށް ވަގުތު ހަމަވުމުގެ ކުރިން އީސީއަށް އެޕްލިކޭޝަންތައް ހުށަހެޅުމުގައި އުނދަގޫތަކެއް ހުރިކަން ފާހަގަކުރައްވާ އިންތިޚާބުގެ އެޕްލިކޭޝަން މުއްދަތު އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

މަލީހުގެ މި ޕޯސްޓާ ގުޅިގެން ކަރެކްޝަންގެ މީޑީޔާއަށް މައުލޫމާތު ސާފުކުރުމަށް ގުޅާލުމުން ކަރެކްޝަންގެ މީޑިޔާ އޮފިސަރު ޔުސްރީނު ވިދާޅުވީ، ބައިވަރު ފޯމުތަކެއް އެއް ފަހަރާ އައުމުން ސްލޯޑައުނެއް އައި ކަމަށާ ނަމަވެސް އެކަން ހައްލުކޮށް އަވަސް ހިދުމަތް ދިނުމަށް މިހާރު މެނުއަލީ ވެސް ފޯމު ބަލައިގަންނަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އިތުރު ލުއި ފަސޭހަތައް ހޯދައިދެވޭތޯ މަސައްކަތްކުރަމުންދާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved