ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމަށް ރައީސް ޑރ މުއިއްޒުގެ ވެރިކަން ހަޖަމް ނުވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވުމުން، ޑރ މުހައްމަދު ޖަމީލް އަހްމަދު ފާޑުވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ މިނިސްޓަރ ސައީދުގެ ޚަބަރު އެކްސްގައި ރީ ޓްވީޓް ކުރުމަށްފަހުގައެވެ.
އެގޮތުން ޑރ ޖަމީލް ވިދާޅުވީ އެހާ ރަނގަޅަށް ރައީސް މުއިއްޒު ކުރެއްވީ ކޮންކަމެއްތޯއެވެ.
ރަސްމާލެ އަދި ހުޅުމާލެއިން ރާޖޫ އަށް ބިން ދިނުމާ، ރާއްޖޭގެ ޕޯޓް ދުބާއީގެ ކުންފުންޏަށް ދިނުމާ ސިޔާސީ މަގާމްތައް ދިނުން އެއީ ދެން ވަރަށް ރަނގަޅު ކަމެއްތޯ އައްސަވާ ޑރ ޖަމީލް ވަނީ މިނިސްޓަރ ސައީދާ ސުވާލު އަމާޒުކުރައްވާފައެވެ.
ރައީސް މުއިއްޒު ވެރިކަމުގައި ހައްދަވާ ގޯސް ވަރަށް ގިނަ ކަމަށާ ލިސްޓް އެހާމެ ދިގު ކަމަށްވެސް ޑރ ޖަމީލްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.
ކޮންމެ ފަހަރަކު ސަރުކާރުން ކުރާ ނޭއްްގާނީ އަމަލުތައް ނުފެންނަ ކަމަށް ހަދާ ސަރުކާރު ދިފާޢު ކުރުން އެހާ "ކޫލް" ނޫންކަމަށް ޑރ ޖަމީލް ވަނީ ސައީދަށް ވިދާޅުވެފައެވެ.
ހުޝާމަދު ކުރުމުގައި ފިނިފެންމަލުގެ ދުނިޔެއިން ނިކުންނަން ވެއްޖެ ނޫންތޯ ވިދާޅުވެ ޑރ ޖަމީލް ވަނީ މިނިސްޓަރ ސައިދަށް ސުވާލެއް އަމާޒުކުރައްވާފައެވެ.
ސަރުކާރުން ކުރަމުން ގެންދާ ބައެއް ކަންކަމުން ރައްޔިތުންނަށް ނޭދެވޭ އަސަރުކުރަމުންދާތީވެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަންނަނީ ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ފްރޮންޓް އޮފީހުގައި ސިލްސިލާގޮތެއްގެ މަތިން ބާއްވާ ޖަލްސާތަކުގައި ކެންޑިޑޭޓުންނާ ސުވާލު އަމާޒުކުރައްވަމުންނެވެ.